މާވަށު ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކުކޮށްފި

މާވަށު ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކުކޮށްފައިވާ ކަމަށާއި އެ ކަމާއި ގުޅިގެން އައު ޕޭޖެއް ހަދާފައިވާ ކަމަށް މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ވިދާޅުވެއްޖެއެވެ.
މާވަށު ކައުންސިލްގެ ފޭސް ބުކް ޕޭޖް (މާވަށް ކައުންސިލް) ހެކް ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން ކައުންސިލްގެ މަސައްކަތްތަކާއި ނުގުޅޭ ތަފާތު އެކި ވީޑިއޯތައް އެ ޕޭޖުން ދަނީ ޝެއަރ ކުރަމުންނެވެ.
މާވަށު ކައުންސިލްގެ ފޭސްބުކް ޕޭޖު ހެކު ކޮށްފައިވާ ކަމަށާއި، އެ ޕޭޖުން މިހާރު ޝެއަރ ކުރަމުން ދަނީ އެ ކައުންސިލާއި އެއްވެސް ގުޅުމެއް ނެތް މަޢުލޫމާތުތަކެއް ކަމަށް، އެ ކައުންސިލުން މިއަދު ޢާންމުކޮށްފައިވާ އިޢުލާނުގައި ވެސް ބުނެއެވެ. ދެ ހާހަށްވުރެ ގިނަ ފޮލޯވަރުން ތިބި މި ޕޭޖު ހެކް ކުރުމާއި ގުޅިގެން ހެދި އައު ޕޭޖުގެ ނަމަކީ ”ސެކްރެޓޭރިއެޓް އޮފް ދި މާވަށް ކައުންސިލް“ އެވެ.
މާވަށު ކައުންސިލްގެ ފޭސްބުކް ޕޭޖަކީ އެ ކައުންސިލް މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި ވަރަށް އަދާހަމަ ޕޭޖެކެވެ.