ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ ޑރ.ރުޚްސާނާ އަޙްމަދު ގަމު ރީޖަނަލް ހޮސްޕިޓަލުގައި ބައްލަވަނީ

ސޮސައިޓީ ފޯރ ހެލްތު އެޑިޔުކޭޝަން (ޝީ) ގައި މަސައްކަތް ކުރައްވާ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑރ.ރުޚްސާނާ އަޙުމަދު ގަމު ރީޖަނަލް ހޮސްޕިޓަލްގައި ބަލި މީހުން ބައްލަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެވެ.
އެ ގޮތުން ޑރ.ރުޚްސާނާ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ބަލި މީހުން ބައްލަވާ ގޮތަށް ހަމަޖެހިފައި ވަނީ މިއަދު އާއި މާދަމާއެވެ. މިއަދު 9:00 އިން 17:00އަށް ބަލި މީހުން ބެއްލެވުމަށް ހަމަޖެހިފައި ވާއިރު މާދަމާ ބައްލަވާ ގޮތަށް ހަމަޖެހިފައި ވަނީ 9:00 އިން 12:00 އަށެވެ.
ޑރ.ރުޚްސާނާ އަޙްމަދަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ގަމު ރީޖަނަލ ހޮސްޕިޓަލްގެ ނަންބަރ 6800026 އަށް ގުޅުއްވުމަށް، އެ ހޮސްޕިޓަލުން ޢާންމުކޮށްފައިވާ ލިޔުމުގައިވެއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ވެސް ކުޑަކުދިންގެ ޚާއްޞަ ތިން ޑޮކްޓަރުން އެބަ ތިއްބެވިއެވެ. އެ ތިން ޑޮކްޓަރުންނަކީ ވެސް ބިދޭސީ  ޑޮކްޓަރުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments