ގަމު ކައުންސިލްގެ މެމްބަރު ހޮވުމަށް ވޯޓުލުން އަންނަ ހުކުރު ދުވަހުގައި

ގަމު ކައުންސިލްގެ މެމްބަރ ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލާ ދުވަސް 14 ޖޫން ވާ ހުކުރު ދުވަހަށް ބަދަލުކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފިއެވެ.
ހުކުރު ދުވަހުގައި ވޯޓުލުން ކުރިއަށް ދާނީ 14:00އިން 20:00 އަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ކުރި އިޢުލާނުގައި ވެއެވެ.
އިލެކްޝަން ކޮމިޝަނުން ތާވަލުކޮށްފައިވާ ގޮތުން ގަމު ކައުންސިލްގެ ބައި އިލެކްޝަން ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
އެހެން ނަމަވެސް ހިޖުރީ ކަލަންޑަރަށް އައި ބަދަލާއި ގުޅިގެން ޙައްޖު ދުވަސް އަންނަ ހޮނިހިރު ދުވަހާއި ދިމާވާތީވެ ވޯޓު ލާ ދުވަސް މި ވަނީ އަވަސް ކޮށްފައެވެ.
ގަމު ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލާފައި ވަނީ އެމް.ޑީ.ޕީގެ ފަރާތުން އަފްޞަލް ޖައުފަރު އަދި ފީ.އެން.ސީ އިން ޢަލީ ނަޝީދުއެވެ.