މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފި

Minister Saeedge ithubaaru neikamuge massala maadhamaage majlis jalsa ah agenda koffi

އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.

އެމްޑީޕީގެ މެންބަރުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ވަޒީރުންނާ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެއްވުމުގައި ސައީދު އިހުމާލުވެވަޑައިގެން، މަޖިލީހަށް ޖަވާބުދާރީވެވަޑައިގެންފައި ނުވާ ކަމަށެވެ. މި މައްސަލައިގައި ޖުމުލަ ހަ ކަމެއް ފާހަގަކޮށް ތުހުމަތުތަކެއް ކޮށްފައިވެއެވެ.

އޭގެ ތެރޭގައި އިގުތިޞާދީ އިސްލާހުތައް ގެނައުމަށް އެދެވޭ ސިޔާސަތެއް ތަންފީޒު ނުކުރެވުމުގެ ސަބަބުން ޑޮލަރުގެ ދަތިކަން ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް ދިޔައިރު ވެސް އެއީ ތަބީއީ ކަމެއް ކަމަށް ވިދާޅުވެ މައްސަލައިގެ ހައްސާސްކަން ކަނޑުވައިލެއްވި ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން، ދައުލަތުގެ މާލީ ހާލަތު ދަށް ދަނޑިވަޅެއްގައި ރާއްޖޭން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ބޭނުންކޮށް، ދައުލަތުގެ މުދަލާއި ފައިސާއަށް އަމާނާތްތެރިވެފައި ނުވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

ހަމައެއާއެކު، ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ގެ ގާނޫނު އިސްލާހުކޮށް ޓައުންޝިޕް ތައާރަފުކުރުމުގެ ނަމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ބާރު ބޭރު ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށް އެމްޑީޕީން ފާހަގަކުރެއެވެ. އަދި ބަންކަރިންގެ ޚިދުމަތުން ލިބޭނެ ކަމަށް ލަފާކުރި 400 މިލިއަން ރުފިޔާގެ އާމްދަނީ ނުލިބުމާއި، ނުވަ ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރުގެ މަސައްކަތުގެ ތަފުސީލު ހާމަނުކުރުމުގެ އިތުރުން، އިހަވަންދިއްޕޮޅުގެ ”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ“ މަޝްރޫއަށް ހއ. ހޯރަފުށީ ފަޅުން ބޮޑު ސަރަހައްދެއް ބޭރު ބަޔަކާ ހަވާލުކޮށް އަމަލީ މަސައްކަތް ނުފެށި އޮތުން ވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted