ނޮވެމްބަރު 11 އާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހު ސަރުކާރު ބަންދު

November 11 aai gulhigen anna buraasfathi dhuvas sarukaaru bandhu

މި ނޮވެމްބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، އެގޮތަށް ކަނޑައެޅުއްވީ މި އަހަރުގެ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ގައުމީ ބަންދު ދުވަހަކަށް ވެފައި، ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ އެވެ. އެއީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް ސަރުކާރުގެ މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސައިދިނުމުގެ ބޭނުމުގަ އެވެ.

މި އަހަރުގެ ކަލަންޑަރުގައި އޮތް ގޮތުން ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ނޫނެވެ. ނަމަވެސް އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައެޅުއްވުމާ ގުޅިގެން، ނޮވެމްބަރު 11 ވާ ބުދަ ދުވަހާއި، ބުރާސްފަތި ދުވަހުގެ އިތުރުން ހަފުތާ ބަންދުގެ ދެ ދުވަސް ހިމެނޭހެން ޖުމުލަ ހަތަރު ދުވަހުގެ ޗުއްޓީއެއް ސަރުކާރު މުވައްޒަފުންނަށް ލިބޭނެ އެވެ.

ނޮވެމްބަރު 11 ރާއްޖޭގައި ފާހަގަކުރަނީ 1968 ވަނަ އަހަރު ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމްކުރި ތާރީހީ ދުވަހުގެ ގޮތުގަ އެވެ. ދިވެހިރާއްޖޭގެ ރަސްމީ ބަންދު ދުވަސްތަކުގެ ތެރޭގައި ހިމެނޭ މި ދުވަހަކީ އަހަރުތަކެއް ވަންދެން ގައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ މުހިންމު ދުވަހެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted