ގަމު ކައުންސިލްގެ ބައި އިލެކްޝަން: ކެމްޕޭން ކުރުން މަނާ ގަޑިތައް ކަނޑައަޅައިފި

ގަމު ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަ ކުރާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ނުކުރެވޭނެ ގަޑިތައް އިލެކްޝަން ކޮމިޝަނުން އިޢުލާނު ކޮށްފިއެވެ.
އެ އިއުލާނުގައިވާ ގޮތުން 13 ޖޫން ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6:00 އިން 15 ޖޫން ވާ ހޮނިހިރު ދުވަހުގެ ހެނދުނު 6:00އަށް، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ.
މީގެ ކުރިން އިންތިޚާބުތަކުގައި ވެސް ވޯޓުލުން އޮންނަ ދުވަހުގެ ކުރީ ދުވަހު ހަވީރު 6:00 އިން، ވޯޓުލާ ދުވަހުގެ ޖެހިގެން އޮންނަ ދުވަހު ހެނދުނު 6:00އަށް ކެމްޕޭން ކުރުމަކީ މަނާ ކަމެކެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާާބު ފިޔަވައި ރާއްޖޭގައި ޢާންމުކޮށް ވޯޓުލުން އޮންނަނީ ހޮނިހިރު ދުވަހުއެވެ. އެހެން ނަމަވެސް ގަމު ކައުންސިލްގެ މެމްބަރ ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުން އޮތީ ހުކުރު ދުވަހުއެވެ.
ހުކުރު ދުވަހު ވޯޓުލާ ގޮތަށް ހަމަޖެއްސެވީ، މިއަހަރުގެ ޙައްޖު ދުވަސް ހޮނިހިރު ދުވަހާއި ދިމާވުމާއި ގުޅިގެންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments