ތަފާތު ގިނަ ހަރަކާތްތަކަކާއެކު، ”މަތިމަރަދޫ އީދަ މަޖާ“ ޝެޑިއުލް އާއްމުކޮށްފި

މިއަހަރުގެ އަޟްޙާ ޢީދާ ގުޅިގެން، ލ. ގަމު މަތިމަރަދޫ އަވަށުން ކުރިޔަށް ގެންދާ ”މަތިމަރަދޫ އީދަ މަޖާ“ ހަރަކާތްތަކުގެ ޝެޑިއުލް އާއްމުކޮށްފިއެވެ.

ޢީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ރާވާލާފައިވާއިރު، ޢީދު ހަރަކާތްތައް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ޢީދު ސައެވެ. އެއީ ޢީދު ދުވަހު ހެނދުނު، ޢީދު ނަމާދަށްފަހު ބާއްވާ ސައެކެވެ. އެޔަށްފަހު، 9:00 ގައި، ފިރިހެނުންގެ ”ތުރީ އޮން ތުރީ، ވަން ޑޭ ކަޕް“ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ދުވަހުގެ ހަވީރާއި ރޭގަނޑު ޚާއްސަ ކުރެވިފައިވަނީ ކުޑަކުދިންގެ ހަރަކާތްތަކަށެވެ. އެގޮތުން ކުޑަކުދިންގެ ހަވީރާއި، ރޭގަނޑު ކުޑަކުދިންގެ ”ވަން ޑޭ ކަޕް“ ކުރިޔަށް ދާނެއެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ އުމުރުފުރާ އަކަށް ބަހާލައިގެނެވެ. އެއީ 14 އަހަރުން ދަށުގެ ބަޔާއި، 9 އަހަރުން ދަށުގެ ބައެވެ.

އާއިލާއާއެކު ހިތްހަމަޖައްސާލުމަށް ގިނަ ބަޔަކު ޝައުގުވެރިވާ ބީޗް ފެސްޓިވަލް، ދެވަނަ ދުވަހު ހެނދުނު ކުރިޔަށް ދާނެއެވެ. އަދި، އެ ދުވަހު މެންދުރު، ކުއްލި ކުޅިވަރުތައް ކުރިޔަށް ގެންދާއިރު، ހަވީރު އޮންނާނީ ފޯލި ކުޅުމާއި ތިންމުގޯލު ކުޅުމެވެ.

ހަރަކާތްތަކުގެ ޝެޑިއުލް

ޢީދުގެ ތިންވަނަ ދުވަހުވެސް ތަފާތު ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެއެވެ. އޭގެތެރޭގައި، ވާދެމުމާއި، ކޯޑި ކުޅިވަރާއި، ބިލަތް މަލާފަތް ނެގުމުގެ އިތުރުން ކޯޑި ޝަރީއަތް ހިމެނެއެވެ.

ޢީދުގެ ފަހު ދުވަހުގައި ކޯޑި ކުޅިވަރުގެ ފަހު ހަރަކާތްތައްވެސް ކުރިޔަށް ދާނެއެވެ. އޭގެތެރޭގައި، ކޯޑި ކެނޑި މީހާ ގަން ހިންގުމާއި ކޯޑި ކެނޑި މީހާ ގެންދިޔުން ހިމެނެއެވެ. މީގެއިތުރުން، އަންހެނުންގެ ”ވަން ޑޭ ކަޕް“ އާއި ބިލަތް މަލާފަތް ނެގުމުގެ އިތުރުން ބޮޑުމަސް އެރުވުން ކުރިޔަށް ދާނެއެވެ.

މިއަހަރުގެ ޢީދު ހަރަކާތްތައް، ގަމުގެ ހުރިހައި އަވަށެއްގައިވެސް ވަރަށް ކުލަގަދަކޮށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ޢީދު ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ގަމު ކައުންސިލުން ވަނީ ހަތަރު ޖަމިއްޔާ އަކަށް 50000 ރުފިޔާގެ ފައިސާގެ އެހީވެސް ފޯރުކޮށްދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments