ލ.ގަމުގައި ބާއްވާ އުރީދޫ ”ފަން ރަން“ ގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

އަންނަ ޖުލައި މަހުގައި ލ.ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ”ފަން ރަން“ ގައި ރަޖިސްޓަރ ވުމަށް އަލުން ފުރުޞަތު ހުޅުވާލައިފިއެވެ.

އެގޮތުން ފުރުޞަތު އަލުން ހުޅުވައިލީ މި މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށެވެ. ”އުރީދޫ ފަން“ ރަން ގައި ރަޖިސްޓަރ ވުމަށް ފުރަތަމަ ފުރުޞަތު ހުޅުވައިލީ މި މަހުގެ 10ވަނަ ދުވަހާއި ހަމައަށެވެ.

ފަސް ކިލޯމީޓަރުގެ މި ދުވުން  ވަކި ވަގުތެއްގައި ނިންމަން މަޖުބޫރެއް ނޫނެވެ. އެހެންކަމުން ހިނގާލާފައި ގޮސް ވެސް ދުވުން ނިންމި ދާނެ ކަމަށް އުރީދޫން ވިދާޅުވެއެވެ. އަދި ކޮންމެ ކިލޯމީޓަރެއް ނިމޭ ހިސާބުގައި، ފޯމް ޕާރޓީ އާއި ފެނާއި ކުލަ ޖެހުމުގެ މަޖާ ހަރަކާތްތަކެއް އޮންނާނެ ކަމަށް ވެސް އުރީދޫން މަޢުލޫމާތު ދެއްވައެވެ.

އުރީދޫ ”ފަން ރަން“ ގައި ރަޖިސްޓަރ ވެވެނީ މޫލީ މެދުވެރިކޮށް އުރީދޫ ވެބްސައިޓުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments