ހިތަދޫގައި ޢީދު ފާހަގަ ކުރުމަށް ފުޅަނދުބުރު ހިމެނޭހެން ގިނަ ހަރަކާތްތަކެއް

މިއަހަރުގެ އަޟްޙާ ޢީދު ލ.ހިތަދޫގައި ފާހަގަކުރުމަށް، ފުޅަނދުބުރު ހިމެނޭހެން ގިނަ ހަރަކާތްތަކެއް ތާވަލުކޮށްފިއެވެ.

ޢީދު ހަތަރު ދުވަހުގެ ދުވާލު ގަޑީގައި ކުރިޔަށްގެންދާ ހަރަކާތްތައް އިންތިޒާމުކުރުމަށް ކައުންސިލުން ހަވާލުކޮށްފައިވަނީ އިންކް އެންޑް ޕިކްސެލް އާއެވެ. އިންކް އެންޑް ޕިކްސެލް އިން މިހާރު ވަނީ ދުވާލު ގަޑީގައި ހިންގާނެ ހަރަކާތްތަކުގެ ޝެޑިއުލް އާއްމުކޮށްފައެވެ.

ޢީދު ދުވަހުގެ ހެނދުނު އޮންނާނީ ގޯނި ރޭހާއި ބިސް ރޭސް ހިމެނޭހެން ތަފާތު އެކި ކުޅިވަރުތަކެވެ. އަދި އެ ދުވަހު ހަވީރު ފުޅަނދުބުރު ކުރިޔަށް ދާނެއެވެ.

ޢީދު ދެވަނަ ދުވަހު ވާދެމުމުގެ މުބާރަތެއް ކުރިޔަށް ދާނެއެވެ. އަދި ޢީދު ތިންވަނަ ދުވަހު ބޮޑެތި މީހުނަށް ޚާއްސަ ތަފާތު ކުޅިވަރުތައް ކުރިޔަށް ގެންދާނެއެވެ.

ޢީދުގެ ހަތަރު ރޭ، 8:45 އިން 12:00 އަށް ސްޓޭޖް ޝޯ ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments