ގަމު ކައުންސިލް ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިޢުލާނު ކޮށްފި

ގަމު ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް  އިއްޔެ ބޭއްވި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝނުން ޢާންމު ކުރި ވަގުތީ ނަތީޖާގައި ވާ ގޮތުން 250 ވޯޓުގެ ތަފާތަކުން ކުރީގައި އުޅެނީ އެމް.ޑި.ޕީން ވާދަކުރި ކެންޑިޑޭޓު އަފްޞަލް ޖައުފަރެވެ. އެ ގޮތުން އަފްޞަލް ޖައުފަރަށް ލިބިފިވަނީ 894 ވޯޓެވެ. ޕީ.އެން.ސީގެ ކެންޑިޑޭޓު ޢަލީ ނަޝީދަށް ލިބިފައިވަނީ 644 ވޯޓެވެ. އަދި 28 ވޯޓު ބާތިލްވެފައި ވެއެވެ.

މި އިންތިޚާބުގައި ވޯޓު ލާފައި ވަނީ ޖުމްލަ 1566 މީހުންނެވެ. އެއީ ވޯޓުލެވޭ އާބާދީގެ 42.66 އިންސައްތައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments