”މަތިމަރަދޫ ޢީދަ މަޖާ“ ބީޗް ފެސްޓިވަލަށް ބޮޑު ތަރުޙީބެއް

ހައްދުންމަތީ ގަމު މަތިމަރަދޫ އަވަށު ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ބީޗް ފެސްޓިވަލަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

މަތިމަރަދޫ ޢީދު ހަރަކާތްތައް ކުރިޔަށް ގެންދަނީ ”މަތިމަރަދޫ ޢީދަ މަޖާ“ ނަމުގައެވެ. އެގޮތުން، ބީޗް ފެސްޓިވަލް ކުރިޔަށް ގެންގޮސްފައިވަނީ ޢީދު ދެވަނަ ދުވަހު ހެނދުނު، ”ބޮޑަމަގަ އަތިރި“ ގައެވެ. މި ހަރަކާތުގައި ގަމުގެ ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.

ބީޗް ފެސްޓިވަލްގައި ވާދެމުން ހިމެނޭހެން ތަފާތު އެކި ކުޅިވަރުތައް ކުރިޔަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން، ތުނޑީ ”ފަރިގޮމަ“ ގުރޫޕާއި، މަތިމަރަދޫ ޒުވާން އަންހެން ކުދިންގެ ނެށުންތައް މި ހަރަކާތުގެ ތެރެއިން ފެނިފައިވެއެވެ.

މި ހަރަކާތް ވެފައިވަނީ، ގިނަ ކުދިންތަކެއް އެއް ތަނަކަށް ޖަމާވެ، އެކުވެރިކަމާއެކު މަޖާ ކޮށްލުމަށް ލިބުނު ރަނގަޅު ފުރުސަތަކަށެވެ.

”މަތިމަރަދޫ ޢީދަ މަޖާ“ ހަރަކާތްތައް ޢީދު ދުވަހު ފަށާފައިވަނީ ޢީދު ސައިންނެވެ. އެޔަށްފަހު، ފިރިހެނުންގެ ”ތުރީ އޮން ތުރީ، ވަން ޑޭ ކަޕް“ އާއި ކުޑަކުދިންގެ ހަވީރުގެ އިތުރުން ކުޑަކުދިންގެ ”ވަން ޑޭ ކަޕް“ ކުރިޔަށް ގެންގޮސްފައިވެއެވެ.

ޢީދު ތިންވަނަ ދުވަހު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ވާދެމުމާއި، ކޯޑި ކުޅިވަރާއި، ބިލަތް މަލާފަތް ނެގުމުގެ އިތުރުން ކޯޑި ޝަރީޢަތެވެ.

”މަތިމަރަދޫ ޢީދަ މަޖާ“ ހަރަކާތްތަކުގެ ހުރިހައި އަދާހަމައެއް، ”މަތިމަރަދޫ ޔޫތު“ ފޭސްބުކް ޕޭޖުން ލިބޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments