އުރީދޫ ”ފަން ރަން“ ގެ މީޑިއާ ޕާޓްނަރަކަށް ”ލާމު އެމްވީ“

އުރީދޫ މޯލްޑިވްސްގެ ފަރާތުން ލ. ގަމުގައި ބާއްވާ އުރީދޫ ”ފަން ރަން“ ގެ މީޑިއާ ޕާޓްނަރަކަށް ”ލާމު އެމްވީ“ ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން، އުރީދޫ ”ފަން ރަން“ ގެ ހުރިހައި އަދާހަމައެއް ”ލާމު އެމްވީ“ ގެ ފަރާތުން ގެނެސްދޭނެއެވެ. އަދި، މި އިވެންޓު ޕްރޮމޯޓް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާނެއެވެ.

އުރީދޫ އިން ވަނީ މީޑިއާ ޕާޓްނާގެ އިތުރުން، ބައެއް އެހެނިހެން ޕާޓްނަރުންވެސް ހަމަޖައްސާފައެވެ. އެގޮތުން، އިވެންޓް ހޯސްޓް ކުރާނީ ލ. އަތޮޅު ކައުންސިލުންނާއި ގަމު ކައުންސިލުންނެވެ. އަދި އިވެންޓުގެ ފިޓްނެސް ޕާޓްނަރަކީ ”އުރްމީ ފިޓް އެމްވީ“ އެވެ.

އުރީދޫގެ ފަރާތުން ބާއްވާ މި ބޮޑު ހަރަކާތް ކުރިޔަށްދާނީ ޖުލައި މަހު 5 ވަނަ ދުވަހުއެވެ. އަދި، ބައިވެރިވުމުގެ ސުންގަޑި މިހާރު ވަނީ މި މަހުގެ 27 އާ ހަމަޔަށް އިތުރުކޮށްފައެވެ. މި ހަރަކާތުގައި ބައިވެރިވެވޭނީ މޫލީ މެދުވެރިކޮށެވެ.

އުރީދޫ އިން މަޢުލޫމާތުދޭ ގޮތުގައި، މި އިވެންޓަކީ އާއްމުކޮށް ބާއްވާ ”ރަން“ ތަކާ ތަފާތު އިވެންޓެކެވެ. އެގޮތުން، 5 ކިލޯމީޓަރުގެ މި ދުވުމުގައި، ކޮންމެ ކިލޯމީޓަރެއް ނިމުމާއެކު ތަފާތު މަޖާ ހަރަކާތްތައް ކުރިޔަށް ދާނެއެވެ. އޭގެތެރޭގައި ކުލަ އާއި ފެން ޖެހުމުގެ އިތުރުން، ”އޮބްސްޓެކަލް“ ސްޓޭޝަނަކާއި ”ފޯމް ޕާޓީ“ ހިމެނެއެވެ. މީގެއިތުރުން އުރީދޫ އިން މަޢުލޫމާތު ދިން ގޮތުގައި، މި އިވެންޓަކީ ހިނގާފައި ނުވަތަ ޖޮގްކޮށްފައިވެސް ނިންމިދާނެ އިވެންޓެކެވެ.

އުރީދޫ ”ފަން ރަން“ ލާމު ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސްޓޭންޑަޑް ކިޓްގައި ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100ރ. އެވެ. އަދި 200ރ. އަށް ލިބޭ ފަން ކިޓްގައި ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެއެވެ.

”ފަން ރަން“ އަކީ އުރީދޫ އިން ބާއްވާ އިވެންޓުތަކުގެ ތެރެއިން، އާއްމުންގެ މެދުގައި އެންމެ ބޮޑަށް މަގުބޫލުކަން ލިބިފައިވާ އިވެންޓެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments