ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި، ލ. އަތޮޅު ތަމްސީލްކުރާނެ ޓީމް އެކުލަވާލައިފި

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި، ލ. އަތޮޅު ތަމްސީލްކުރާނެ ޓީމް އެކުލަވާލައިފިއެވެ.

މި މަހުގެ 30 ވަނަ ދުވަހުން ޖުލައި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި، ލ.އަތޮޅުގެ ޓީމުން ބައިވެރިވެފައިވަނީ “ޓީމް ލާމަސީލުލާމު” ގެ ނަމުގައެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިގައި 10 ކުދިން ހިމަނާފައިވާއިރު، ނުބަލައި ކިޔެވުމުގެ ބައިގައި 7 ކުދިން ވަނީ ހިމަނާފައެވެ. މި ޓީމުގައި ތަޢުލީމީ މަރުކަޒާއި، ޙަމަދު ސްކޫލާއި، އަތޮޅު މަދަރުސާ އާއި، އިސްދޫ ސްކޫލްގެ އިތުރުން މާވަށު ސްކޫލްގެ ދަރިވަރުން ހިމެނެއެވެ. އަތޮޅު ކައުންސިލުން ރަސްމީކޮށް ޓީމު އާއްމުކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.

ބަލައިގެން ކިޔަވާ ދަރިވަރުން:

  1. ޙައްވާ ޔުމްނު / ތަޢުލީމީ މަރުކަޒު، ކީ ސްޓޭޖް 2
  2. ޢާއިޝަތު ރާހާ ޙަލީމް / ޙަމަދު ސްކޫލް، ކީ ސްޓޭޖް 2
  3. ޢާދް އަމްޖަދު / ޙަމަދު ސްކުލް، ކީ ސްޓޭޖް 1
  4. އަނާޔާ ފަޔާޒު / ތަޢުލީމީ މަރުކަޒު، ކީ ސްޓޭޖް 1
  5. އަޙްމަދު މުއުމިން / މާވަށު ސްކޫލް، ކީ ސްޓޭޖް 4
  6. ޢަބްދުﷲ އަލްސަން / އަތޮޅު މަދަރުސާ، ކީ ސްޓޭޖް 4
  7. އަޙުމަދު ޝައިމް ރިޟާ / ތަޢުލީމީ މަރުކަޒު، ކީ ސްޓޭޖް 3
  8. މުޙައްމަދު މަފާޒް / ތަޢުލީމީ މަރުކަޒު، ކީ ސްޓޭޖް 3
  9. މުޙައްމަދު މިފްޟާލް / ތަޢުލީމީ މަރުކަޒު، ކީ ސްޓޭޖް 5
  10. އަބްސަމް ޢަބްދުއް ސަލާމް / ޙަމަދު ސްކޫލް، ކީ ސްޓޭޖް 5
ބަލައިގެން ކިޔަވާ ދަރިވަރުން

ނުބަލާ ކިޔަވާ ދަރިވަރުން:

  1. ޢާއިޝާ ޢަބްދުއް ސަލާމް ޢަބްދުލް ހަމީދު / ޙަމަދު ސްކޫލް، ކީ ސްޓޭޖް 2
  2. ސިމާޙް މޫސާ / މާވަށު ސްކޫލް، ކީ ސްޓޭޖް 2
  3. ސާރާ ބިންތު މޫސާ ޝަރީފް / ކީ ސްޓޭޖް 1
  4. ނިކްހާ ބިންތި މުޙައްމަދު ފާއިޤް / ތަޢުލީމީ މަރުކަޒު، ކީ ސްޓޭޖް 1
  5. މުޙައްމަދު ޝަދުވާން ޢަބްދުﷲ ރާޝިދު / ޙަމަދު ސްކޫލް، ކީ ސްޓޭޖް 4
  6. ޔަމަން އަޙްމަދު ފަރީސް / ޙަމަދު ސްކޫލް، ކީ ސްޓޭޖް 3
  7. ޔޫޝައު ބިން މުޚްތާރު / އިސްދު ސްކޫލް، ކީ ސްޓޭޖް 3
ނުބަލައި ކިޔަވާ ދަރިވަރުން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން މިހާރު ވަނީ މުބާރާތުގައި ކިޔަވާ ތަރުތީބު އާއްމުކޮށްފައެވެ. މުބާރާތުގެ ކިޔަވާ ތަރުތީބާއި އިތުރު މަޢުލޫމާތު، ޤުރްއާނާބެހޭ މަރުކަޒުގެ ވެބްސައިޓުން ލިބޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments