”އުރީދޫ ފަން ރަން“ އާ ދިމާކޮށް، މޯލްޑިވިއަންގެ ޚާއްސަ އަގުތަކެއް

އަންނަ މަހު ފަސްވަނަ ދުވަހު ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ”އުރީދޫ ފަން ރަން“ އާ ދިމާކޮށް، ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން ޚާއްސަ ފެއާތަކެއް ހުޅުވާލައިފި އެވެ.

”އުރީދޫ ފަން ރަން“ ގެ ޓްރެވެލް ޕާޓްނަރުގެ ފަރާތުން މި ފެއާ ހުޅުވާލާފައިވަނީ، ރަން ގައި ބައިވެރިވުމަށް ލާމަށް އަންނަ ދަތުރުވެރިންނަށް ޚާއްސަކޮށްގެނެވެ. އެގޮތުން، މި އިވެންޓަށް ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކަށް، މާލެ އިން ކައްދުއަށް ދެކޮޅު ޓިކެޓު 2488 ރުފިޔާ އަށް ލިބޭނެ އެވެ. ފެއާ އާ ނުލައި، ކައްދުއަށް ދެކޮޅު ޓިކެޓް އުޅެނީ 2928 ރުފިޔާ އަށެވެ.

މި ފެއާގެ ދަށުން، މާލެ އިން ކައްދުއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ހަތަރުވަނަ ދުވަހާއި ފަސްވަނަ ދުވަހު އެވެ. އަދި ކައްދޫ އިން މާލެ އަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހު އެވެ.

މި ފެއާގެ ދަށުން ޓިކެޓް ނަގާ ފަރާތްތަކުން، އުރީދޫ ފަން ރަން ގެ އޯޑަރު އައިޑީ ހިމަނައި، އީމެއިލް ސަބްޖެކްޓެއްގެ ގޮތުގައި ”އުރީދޫ ފަން ރަން ލާމު“ ޖެހުމަށްފަހު  [email protected]  އަށް އީމެއިލް ކުރެއްވުމަށް އުރީދޫއިން ވަނީ އެދިފަ އެވެ.

މިއަހަރުގެ އުރީދޫ ފަން ރަން ވެގެންދާނީ ލ. އަތޮޅުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އިވެންޓަކަ ށެވެ. އެހެންކަމުން، ގިނަ އަދަދެއްގެ މީހުން މިހާރު ވަނީ މި ރަން އަށް ރަޖިސްޓާ ކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments