އުރީދޫ ”ވިން އަ ޓްރިޕް ޓު ލާމު“ގެ ނަސީބުވެރިން ހޮވައިފި

މާދަމާ ލ.ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަންގައި ބައިވެރިވުމަށް ހިލޭ ލާމަށް އާދެވޭ ދެ ނަސީބުވެރިން ހޮވައިފިއެވެ.
އެ ދެ ނަސީބުވެރިންނަކީ އާމިނަތު ނާޒްނީން އާއި ޝާހިދު އީސާ ފުޅެވެ. މި ދެ ބޭފުޅުން ވެސް ހޮވިފައި ވަނީ ”ވިން އަ ޓްރިޕް ޓު ލާމު“ ޕްރޮމޯޝަންގެ ތެރެއިންނެވެ.
މި ޕްރޮމޯޝަނަކީ ޖޫން 20ގެ ނިޔަލަށް އުރީދޫން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.
އެގޮތުން ޖޫން 20ގެ ނިޔަލަށް އުރީދޫއާ އަލަށް ގުޅުނު ކަސްޓަމަރުންނާއި، ފަސޭހަ ބްރޯޑުބޭންޑު 5ޖީބީ އެއަރ ފައިބަރ އަދި ޕޯސްޓްޕެއިޑާއި ޕްރިޕެއިޑު ލަކީޑްރޯ އަޕްގުރޭޑް ކުރި ފަރާތްތަކަށް މި ޕްރޮމޯޝަންގައި ”އޮޓޮމެޓިކޮށް“ ބައިވެރިވެވިފައި ވާނެ ކަމަށް އުރީދޫން މަޢުލޫމާތު ދެއްވައެވެ.
މި ދެ ނަސީބުވެރިންނަށް ވެސް ”ފަން ރަން“ ގައި ބައިވެރިވުމުގެ އިތުރުން ޕީ.އެސް.ޖީގެ ފުޓުބޯޅަ ތަރި ޖޭޖޭ އޮކޯޗާއާ ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބޭނެ ކަމަށް އުރީދޫން ވިދާޅުވެއެވެ.
ޖޭޖޭ އޮކޯޗާ ލާމަށް އައުމަށް ހަމަޖެހިފައިވަނީ މާދަމާ ލ.ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން ގެ ޚާާއްޞަ މެެހްމާނެއް ގޮތުގައި ބައިވެރިވުމަށެވެ.
ޖޭޖޭ އޮކޯޗާ ވަނީ ރޭގެ ވަގުތެއްގައި ރާއްޖެ އައިސްފައެވެ.