”އުރީދޫ ފަން ރަން“ އަށް ލ.އަތޮޅުން ބޮޑު ތަރުޙީބެއް

އުރީދޫ މޯލްޑިވްސްގެ ފަރާތުން މިއަދު ހަވީރު ބޭއްވި ”އުރީދޫ ފަން ރަން“ އަށް ލ.އަތޮޅުން ބޮޑު ތަރުޙީބެއް ލިބިއްޖެ އެވެ.

މި ހަރަކާތަކީ އުރީދޫގެ ފަރާތުން ބާއްވާ، އާއްމުންގެ މަޤުބޫލުކަން އެންމެ ބޮޑަށް ލިބިފައިވާ ހަރަކާތެވެ. އެގޮތުން، މިއަހަރު އުރީދޫ ފަން ރަން ބާއްވާފައިވަނީ ލ.ގަމުގަ އެވެ.

ލ.ގަމު ލިންކް ރޯޑުގައި މިއަދު ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި 2000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ބައިވެރިވެފަ އެވެ. އޭގެތެރެއިން ގިނަ މީހުނަކީ ލ.އަތޮޅަށް ނިސްބަތްވާ މީހުނެވެ. މި ހަރަކާތުގައި ބައިވެރިވުމަށް މާލެ އިންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ވަނީ އައިސްފަ އެވެ.

މިއަހަރުގެ ފަން ރަންގައި ބައިވެރިވި ޚާއްސަ މެހެމާނަކީ، ޕީއެސްޖީގެ ލެޖެންޑް، ޖޭޖޭ އޮކޯޗާ އެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމައެހެންމެ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާޤް ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފަ އެވެ.

ފަސް ކިލޯމީޓަރުގެ މި ދުވުމުގައި، ކޮންމެ ކިލޯމީޓަރެއް ނިންމުމަށްފަހު، ތަފާތު ހަރަކާތްތައް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. އޭގެތެރޭގައި، ކުލަ ޖެހުމާއި އޮބްސްޓެކަލް ސްޓޭޝަންގެ އިތުރުން ފޯމް ޕާޓީ އެއް ހިމެނެ އެވެ.

އުރީދޫ ފަން ރަން އަކީ ލ.އަތޮޅުގެ ހުރިހައި މުއައްސަސާ އަކާއި، އާއްމުންނަށް އުފާވެރިކަން ގެނެސްދިން ހަރަކާތެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments