ލާމު ލިންކުރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ

ލާމު ލިންކުރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ލ.މާންދޫ ސަރަހައްދުގައެވެ.

ރޯވި އަލިފާންގަނޑު، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާގެ ފަޔަރ އެންޑު ރެސްކިޔު ސަރވިސްގެ އެހީގައި  ވަނީ ނިއްވާލާފާއެވެ. ކާރު ރޯވި އިރު ކާރު ތެރޭގައި ދެ މީހުން ތިބި ނަމަ ވެސް އެއް ވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެއީ ޑރ.މުސްޠަފާ ލުޠުފީގެ ކާރުކޮޅެކެވެ. އެހެން ނަމަ ވެސް ކާރުގައި އެ ވަގުތު ތިބީ އެހެން ބައެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި މި މައްސަލަ ތަޙްޤީޤު ކުރަމުން ދާ ކަމަށް ލާމު ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments