މޭވާ އަދި ތަރުކާރީގެ ބައިތަކުން ގަސްކާނާ ހަދައިގެން ބޭނުންކުރުން

އަހަރެމެންގެ ކޮންމެ ގޭބިސީއެއްގައި ވެސް ކޮންމެވެސް މިންވަރަކަށް މޭވާއާއި ތަރުކާރީ ބޭނުންކުރެއެވެ. އެފަދަ ގޭގޭގައި ގަސް ހައްދައި އުޅޭނަމަ، އެތަކެތީގެ ތޮއްޓާއި ހަލާކުވެގެން އުކާލަންޖެހޭ ބައިތައް ބައެއް މީހުން ގަސްތައް ބުޑަށް އަޅައެވެ.

ނަމަވެސް، މިގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި މޭވާއާއި ތަރުކާރީގެ ބައިތަކުން ގަސްކާނާ ހަދައިގެން ބޭނުންކުރެވިދާނެ ވަރަށް ފަސޭހަ ގޮތެއް އެބައޮތެވެ. މިގޮތަށް ކަންތައް ކުރުމުން ގަހަށް ނަގަން ފަސޭހަ މިންވަރަށް ކާނާ ތައްޔާރުކުރެވިދާނެއެވެ. އަދި އެތަކެތި ގަސްތައް ބުޑަށް އެޅުމުން ކުނިވުމުންނާއި ނުބައިވަސްދުވުމުން ސަލާމަތްވެވިދާނެއެވެ.

އެންމެ ފުރަތަމަ، ކާނާ ތައްޔާރުކުރުމަށް ގެއިން ބޭރުގައި، ގޭތެރެއިން ނުކުމެގެން ފަސޭހައިން ދެވޭ ފަދަ ހިޔާކޮށްފައިވާ ތަނެއް އިޚުތިޔާރުކުރާށެވެ. ދެން އެތަނުގައި ބިސް ކޭހެއް ފަދަ ފޮަަށިގަނޑެެއް ބަހައްޓާށެވެ. ބިސް ޓްރޭއެއްއަކަށް ކަޅުފަސްކޮޅެއް އެޅުމަށްފަހު މަތި އެއްވަރުކޮށްލާށެވެ. ދެން އެ ޓްރޭ، ފޮށިގަނޑުގެ ފުލުގައި ބަހައްޓާފައި މޭވާއާއި ތަރުކާރީގެ ބައިތައް އަޅާށެވެ. އަޅާނީ 2 އިންޗި ވަރުގެ ފަށަލައެއްގެ މިންވަރަށެވެ. އެއް ޓްރޭ ފުރުމުން ހަމަ މިގޮތަށް އަނެއް ޓްރޭ އޭގެ މަތީގައި ބަހައްޓައިގެން ތަކެތި އަޅާށެވެ. މިގޮތަށް ފޮށިގަނޑުގެ އެންމެ މައްޗާ ހަމައަށް ޓްރޭތައް އަންނަންދެން ކަންތައްކުރާށެވެ. ފޮަށިގަނޑުގެ މަތި އަބަދުވެސް ބަހައްޓާނީ ބަންދުކޮށްލާފައެވެ.

މި އާދައިގެ ނިޒާމުގައި ވެލި ބޭނުންކުރަނީ ވެލީގައި އުޅޭ ފަނާކުރާ ޖަރާސީމުގެ ބޭނުން ހިފުމަށެވެ. ބިސް ފޮށިގަނޑެއްގައި އެކަށީގެންވާ މިންވަރަށް ވައި ދައުރުކުރާނެ ލޯވަޅު ހުރެއެވެ. އަދި ވައިގެ ތެތްކަން ހިފަހައްޓައެވެ.

ފޮށިގަނޑު ފުރުމުން، 2 ގަޑިއެއް ހާއިރު މަތި ހުޅުވާލާފައި އަވީގައި ބަހައްޓާލާށެވެ. އެއަށްފަހު ޓްރޭތައް ނަގައިގެން ތަރުތީބު ބަދަލުކޮަށްލުމަށްފަހު އަލުން ގެންގޮސް ހުންނަ ތަނުގައި ބަހައްޓާށެވެ. 3 ހަފުތާ ވަންދެން މިގޮތަށް ކަންތައް ކުރާށެވެ. އޭރު ހުންނާނީ އެޅި ތަކެތި އެކަށީގެންވާ މިންވަރަށް ފަނާވެފައެވެ. ޓްރޭގެ ކަރުދާސްތައް ވަކިކޮށްލެވޭ ވަރަކުން ވަކިކޮށްލަން ހަނދާންކުރާށެވެ.

ދެން ގަހުގެ ބުޑު ހާވައިލުމަށްފަހު، ކުޑަ ފަސްކޮޅެއް ނަގައި، ތައްޔާރުކުރި ކާނާގެ 200 ގުރާމް ވަރު ފަސްގަނޑާ އެއްކޮށްލާށެވެ. މި ކާނާ މަހަކު އެއްފަހަރު ގަސްތަކަށް ދޭނަމަ، ގަހުގެ ހެދުމާއި މަލާއި ތަކެތި އެޅުން އަދި ގަހުގެ ޞިއްޙަތު ވަރަށް ބޮޑުތަނުން ތަރައްޤީކޮށްދޭނެ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments