މާބައިދޫ ކޯރު ސަރަހައްދަށް ތައްޔާރުކޮށްފައިވާ މެނޭޖްމަންޓު ޕްލޭން، މަސްލަހަތުވެރިންނާ ޙިއްސާކޮށްފި

އެންދެރި މަޝްރޫޢުގެ ދަށުން ލ.މާބައިދޫގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދު (މާބައިދޫ ކޯރު ސަރަހައްދު)ގެ މެނޭޖުމަންޓު ޕްލޭން، އެ ސަރަހައްދުގެ މަސްލަހަތުވެރިންނާ ޙިއްސާ ކޮށްފިއެވެ.

މި މަޢުލޫމާތު ޙިއްސާ ކުރީ އެންދެރި މަޝްރޫޢުގެ ފަރާތުން އެކަމަށް ޚާއްސަކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުން ބޭއްވީ އިއްޔެ ލާމު އަތޮޅު މަދަރުސާގައެވެ. މި ބައްދަލުވުމުގައި، މާބައިދޫގައި ހުރި ސަރުކާރު މުވައްސަސާތަކުގެ ފަރާާތުން ތިރީހަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ.

މިބައްދަލުވުމުގައި، މާބައިދޫގައި ހިމާޔަތްކޮށްފައިވާ ކޯރު ސަރަހައްދު ބެލެހެއްޓުމަށް ތައްޔާރު ކޮށްފައިވާ މެނޭޖްމަންޓް ޕްލޭން އާ ބެހޭގޮތުން މަޝްވަރާކުރިއެވެ. އަދި ތިމާވެއްޓާ ރައްޓެހިގޮތެއްގައި މި ސަރަހައްދު ތަރައްޤީ ކުރެވޭނޭ ގޮތްތަކާ ބެހޭ ގޮތުން ޚިޔާލު ހޯދުން ވެސް އޮތެވެ.

މާބައިދޫ ކޯރު ސަރަޙައްދުގެ އިތުރުން އެންދެރި މަޝްރޫޢުގެ ދަށުން ލާމު އަތޮޅުގެ ފަސް ސަރަހައްދެއް ޙިމާޔަތް ކޮށްފައިވެއެވެ. އެއީ ގަމު ބޮޑަ ފެންގަނޑު ސަރަހައްދާއި ގާދޫގައި ވެލާ އަރާ ސަރަޙައްދާއި ހިތަދޫ ކަނޑުގެ ސަރަހައްދާއި ވަޑިނޮޅު ކަނޑުއޮޅި ސަރަޙައްދާއި ފުށިކަނޑު ސަރަޙައްދެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments