އިހައްދޫ ސުކޫލްގެ ދަރިވަރުންނަށް ކެއްކުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި

ލ. އިހައްދޫ ސުކޫލުގެ  ދަރިވަރުންނަށް ކައްކަން ދަސްކޮށްދޭ އެއް ދުވަހުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްްރޮގްރާމަކީ  އިހައްދޫ ސުކޫލުން އެ ސުކޫލްގެ ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށް ދިނުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން  ހިންގި ޕްރޮގްރާމެކެވެ.

މިއީ އިހައްދޫ ސުކޫލާއި ވިމެންސް އެންހޭންސްމަންޓް  ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްްރޮގްރާމް ހިންގުމަށް ކުރަންޖެހުނު ހުރިހާ ޚަރަދެއް ކޮށްދެއްވީ ވިމެންސް އެންހޭންސްމެންޓް  ޖަމިއްޔާއިން  ކަމަށް  އިހައްދޫ ސުކޫލުން މަޢުލޫމާތު ދެއްވައެވެ.

އަދި މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އިހައްދޫ ސުކޫޫލުގެ މުވައްޒަފުންނާއި ވިމެންސް އެންހޭންސްމެންޓް  ޖަމިއްޔާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށް ވެސް އިހައްދޫ ސުކޫލުން ފާހަގަކުރައްވައެވެ.

މިދިޔަ އާދީީއްތަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި އިހައްދޫ ސުކޫލްގެ ގުރޭޑު 8،9،10 އިން ޖުމްލަ ތިރީސް ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވީ ރާއްޖޭގެ މަޝްހޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީއެވެ.

މި ޕްރޮގުރާމުގައި ޖުމްލަ 15 ބާވަތުގެ ކެއުން ތައްޔާރު ކުރާނެ ގޮތް ދަސްކޮށްދެއްވިއެވެ.  އަދި މި ޕްރޮގްރާމް  ނިންމުމުގެ ރަސްމިއްޔާތުގައި ، މި ކެއުންތަކުގެ ރަހަ ބަލައިލުމުގެ ފުރުޞަތު ބެލެނިވެރިންނަށް ދިނެވެ.

ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށް ދިނުމަށް ހިންގާ  ޕްރޮގްރާމްތަކުގެ ތެރެއިން މިދިޔަ އަހަރު އިހައްދޫ ސުކޫލުން ވަނީ ވިމެންސް އެންހޭންސްމެންޓް  ޖަމިއްޔާއާ ގުޅިގެން އަތްތެރި މަސައްކަތް ދަސްކޮށްދޭ  ޕްރޮގްރާމެއް ދަރިވަރުންނަށް ކުރިއަށް ގެންގޮސްފައެވެ.  އަދި ކޭކު އެޅުމާާއި ފަހަން ދަސްކޮށްދޭ ޕްރޮގްރާމެއް މިހާރު ވެސް އިހައްދޫ ސުކޫލުން ކުރިއަށް އެބަ ގެންދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments