ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖް 2024: މަތީ ފަންތީގެ ގިނަ ކުޅުންތެރިންތަކެއް ފެންނާނެ ފޯރި ގަދަ މުބާރާތެއް

މި މަހު 10 ވަނަ ދުވަހު ލ.ހިތަދޫގައި ފެށުމަށް ހަމަޖެހިފައިވާ ”ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖް 2024“ އަކީ، ލ.އަތޮޅުގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް މުބާރާތް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ފޯރިގަދަ ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. މި މުބާރާތަކީ ރާއްޖޭގެ ފުޓްސަލް ކިންގުން ހިމެނޭހެން، މަތީ ފަންތީގެ ގިނަ ކުޅުންތެރިންގެ ހުނަރު ފެންނާނެ މުބާރާތެކެވެ.

ޖޮޒީ އެމްވީ އިންވަނީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ. އެ މުބާރާތުގައިވެސް، ރާއްޖޭގެ މަތީ ފަންތީގެ ގިނަ ކުޅުންތެރިންތަކެއް ކުޅެފައިވެ އެވެ. އަދި މިއަހަރުގެ މުބާރާތް، އެޔަށްވުރެ އެތައް ގުނައެއް ފޯރިގަދަ ވާނެކަމަށް ބެލެވެ އެވެ.

ރާއްޖޭގެ ފުޓްސަލްގައި އެންމެ ވިދުން ގަދަ ނަންތަކުގެ ތެރޭގައި ހިމެނޭ ދެ ނަމަކީ އަލީ ހާފިޒް (ހާއްޕެ) އާއި އަޔާޒް އަހުމަދު (އަޔާ) އެވެ. މި ދެ ކުޅުންތެރިންވެސް މިއަހަރުގެ މުބާރާތުން ފެންނާނެ އެވެ.

މުބާރާތުން ފެނިގެންދާނެ ބައެއް އިތުރު ކުޅުންތެރިންނަށް ބަލާލާއިރު، ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އައްޒާމް އާއި އިސްމާއިލް ވަޖީހު (ވައްޖެ)ގެ އިތުރުން އިބްރާހިމް މުބީން (މުއްކި) ހިމެނެ އެވެ. ހަމައެހެންމެ، އިބްރާހިމް މައިޝާން (މައި) އާއި އަހުމަދު ވިޖުދާން (ވިޖުއްކޮ) ވެސް މި މުބާރާތުން ފެނިގެންދާނެ އެވެ.

މުޅި ލ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި، ލ.އަތޮޅުގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންވެސް ކުޅޭނެ އެވެ. އެގޮތުން، ރާއްޖޭގެ ޗެމްޕިއަންކަން ހޯދާފައިވާ، ލ.ގަން ފުޓްސަލް ޓީމުގެ ކުޅުންތެރިން ކަމުގައިވާ އަލީ ޝާމިސް (ތޮއްޕެ)، އަބްދުﷲ ޖުނެއިދު (ޖޭންނެ)، އަހުމަދު ހަލީމް (އައްމަޑޭ) އަދި ހުސައިން ނާޝިދު (ނާއްޓޯ) މި މުބާރާތުގައި ކުޅޭނެ އެވެ. އަނިޔާގެ ސަބަބުން، ހުސައިން ޝަރީފް (އޮންލީ) މިވަގުތު ހުރީ ކުޅުމާ ދުރުގަ އެވެ.

މުބާރާތުން ފާހަގަކޮށްލެވޭ ބައެއް އިތުރު ކުޅުންތެރިންނަށް ބަލާއިރު، އިސްދޫ ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ އަލީ ހުމޭޒު އާއި އަހުސަން ރަޝާދު (އަކިން) ހިމެނެ އެވެ. މީގެއިތުރުން، މާވަށު ޓީމުގެ އާދަމް ވަޖީހު (ވައްޖެ)، މުހައްމަދު ޝާއިރު އަދި ހުސައިން މައިސާން (މައްކި) ވެސް މި މުބާރާތުގައި ކުޅޭނެ އެވެ.

ލ.ހިތަދޫގައި ބާއްވާ މި މުބާރާތުގައި، ހިތަދޫން ފާހަގަކޮށްލެވޭ މޮޅެތި ގިނަ ކުޅުންތެރިންތަކެއްވެސް ކުޅޭނެ އެވެ. އެގޮތުން، އަހުމަދު ސޮބާހު (ސޯޓޭ)، އަހުމަދު އަޔާޒް (ޕަޗީ)، އަހުމަދު ވިސާހު އަދި ހުސައިން އަލީ ފާހަގަކޮށްލެވެ އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments