ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް 2024 ގެ ޓައިޓަލް ސްޕޯންސަރަކަށް އަރަފާ ޓްރޭޑާސް

ޖޯޒީ އެމްވީގެ ފަރާތުން އިންތިޒާމުކޮށްގެން ލ.ހިތަދޫގައި ބާއްވާ ”ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް 2024“ ގެ ޓައިޓަލް ސްޕޯންސަރަކަށް އަރަފާ ޓްރޭޑާސް ހަމަޖައްސައިފި އެވެ.
އަރަފާ ޓްރޭޑާސް އަކީ ލ.އަތޮޅުގައި ފުޅާދާއިރާއެއްގައި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ކުރަމުންދާ ފަރާތަކެވެ.
މިއަހަރުގެ މުބާރާތަކީ ޖޯޒީ އެމްވީ އިން ބާއްވާ މިފަދަ ދެވަނަ މުބާރާތެވެ. ފުރަތަމަ މުބާރާތް ބާއްވާފައިވަނީ 2023 ވަނަ އަހަރު އެވެ. ޖޯޒީ އެމްވީގެ ފަރާތުން މުޅިން އަލަށް ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އެވެ.
މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހު 10 ވަނަ ދުވަހު އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖީޖީ ސްޕޯޓްސް އާއި ބިގް ގޭންގް ސްޕޯޓްސް ކްލަބެވެ.
މުބާރާތުގެ ޓައިޓަލް ސްޕޯންސަރަކަށް އަރަފާ ޓްރޭޑާސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ލާމު އެމްވީ އެވެ. އެހެނިހެން ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ އެމް.ޑަބްލިއު.އެސް.ސީ، މޯލްޑިވިއަން، ދިރާގު އަދި ސްނޯ ޑްރޮޕް އެވެ.