ޖީޖީ ސްޕޯޓްސް އަތުން ބިގް ގޭންގް އެފްސީ އަށް އުނދަގޫ މޮޅެއް

އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ޖީޖީ ސްޕޯޓްސް އަތުން ބިގް ގޭންގް އެފްސީން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ޖީޖީ ސްޕޯޓްސް ވަނީ ބިގް ގޭންގް އެސްސީ ކައިރިން މޮޅުވެފަ އެވެ. އަދި ބިގް ގޭންގް އެފްސީ ވަނީ ފެކްޝަން އެސްސީ ކައިރިން ބަލިވެފަ އެވެ. ރޭ ހިތަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުން ބިގް ގޭންގް އެފްސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި އަލީ ސިސާން (ސިސަޅޭ) ވަނީ ލަނޑެއް ޖަހައި ބިގް ގޭންގަށް ކުރިހޯދަދީފަ އެވެ.

ޖީޖީ ސްޕޯޓްސް އިން ފަހުވަގުތާ ހަމަޔަށް މަސައްކަތް ކުރީ ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަ ކުރުމަ ށެވެ. ނަމަވެސް، މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބިގް ގޭންގުގެ އަލީ އަނޫފް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެ ޓީމުގެ ސިސަޅޭ އެވެ.

މިރޭގެ ފުރަތަމަ މެޗުގައި ޖީޖީ ސްޕޯޓްސް ބައްދަލުކުރާނީ ފެކްޝަން އެސްސީ އާއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޖީޖީއެސްސީ އާއި ފެކްޝަން ކޮތަރަ އެވެ. އަދި ފަހު މެޗުގައި ބިގް ގޭންގް އެފްސީ ނިކުންނާނީ ހައިޑްރާ އާ ދެކޮޅަ ށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments