ޖީޖީއެސްސީ އާއި ޖީޖީ ސްޕޯޓްސް އެއްވަނަ އަށް

އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ޖީޖީއެސްސީ އާއި ޖީޖީ ސްޕޯޓްސް އެއްވަނަ އަށް ޖެހިލައިފި އެވެ.

ފެކްޝަން އެސްސީ ކައިރިން 1-0 ގެ ނަތީޖާއަކުން މޮޅުވެ، ޖީޖީ ސްޕޯޓްސް އިންވަނީ ގުރޫޕު ”އޭ“ ގެ އެއްވަނަ އަށް ޖެހިލާފަ އެވެ. އެ ޓީމަށް ވަނީ ތިން މެޗުން ހަ ޕޮއިންޓު ލިބިފަ އެވެ. އަދި ޖީޖީއެސްސީން ވަނީ 4-0 ގެ ނަތީޖާއަކުން ފެކްޝަން ކޮތަރަ ބަލިކޮށް، ގުރޫޕު ”ބީ“ ގެ އެއްވަނަ އަށް ޖެހިލާފަ އެވެ. ޖީޖީއެސްސީ އަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓު ލިބިފަ އެވެ.

ޖީޖީ ސްޕޯޓްސް އިން ވަނީ ފެކްޝަން ކައިރިން އުނދަގޫ މޮޅެއް ހޯދާފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ޖީޖީ ސްޕޯޓްސް އަށް ކާމިޔާބުކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހިމް ހާނިފް (ޓާގެޓް) އެވެ.

ޖީޖީއެސްސީ އާއި ފެކްޝަން ކޮތަރަ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި މުހައްމަދު ރަޒާން ވަނީ ލަނޑެއް ޖަހައި ޖީޖީއެސްސީ އަށް ކުރިހޯދަދީފަ އެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކު އެވެ.

ދެވަނަ ހާފުގައި ޖީޖީއެސްސީ އަށް ލީޑު ފުޅާކޮށްދިނީ އިބްރާހިމް މައިސާން (މައި) އެވެ. އަދި އަހުމަދު ސޮބާހު (ސޯޓޭ) ގާތްގާތުގައި ޖެހި ދެ ލަނޑާއެކު، ޖީޖީއެސްސީން ވަނީ ބޮޑު ލީޑެއް ނަގާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖީޖީއެސްސީގެ އިބްރާހިމް މުބީން އަހުމަދު (މުއްކި) އެވެ.

ޖީޖީއެސްސީ އަށް ދެން އޮންނާނީ އެފް އެންޑް އެފް އާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ޖީޖީ ސްޕޯޓްސް އަށް އޮންނާނީ ހައިޑްރާ އާ ދެކޮޅަށް ކުޅޭ މެޗެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments