ގަމު ޤުރުއާން މުބާރާތް 2024 ގެ އެއްވަނަ، ޢާއިޝަތު ބިންތި ޢަބްދުއް ރައޫފް އާއި ނަވާރު އަޙްމަދު ފަރީސް އަށް

ހައްދުންމަތީ ގަމު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ”ގަމު ޤުރުއާން މުބާރާތް 2024“ ގެ ފަޚުރުވެރި އެއްވަނަ، ޢާއިޝަތު ބިންތި ޢަބްދުއް ރައޫފް އާއި ނަވާރު އަޙްމަދު ފަރީސް ހޯދައިފިއެވެ.

މިއީ ގަމު ކައުންސިލުގެ ފަރާތުން މި މުބާރާތް ބޭއްވި ފަސްވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2016 ވަނަ އަހަރު އެވެ. މިއަހަރުގެ މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް، ޙަމަދު ބިން ޚަލީފާ އާލް ޡާނީ ސުކޫލުގެ ހޯލުގައެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ހަވީރު އެވެ.

މިއަހަރުގެ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދާފައިވަނީ ޙަމަދު ސުކޫލުގެ ކީ ސްޓޭޖް 5 ގެ ދަރިވަރު، ޢާއިޝަތު ބިންތި ޢަބްދުއް ރައޫފް އެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ ހޯދާފައިވަނީ ޙަމަދު ސުކޫލުގެ ކީ ސްޓޭޖް 4 ގެ ދަރިވަރު، މުޙައްމަދު އަޔާޝް ޔާސިރު އެވެ. އަދި މި ބައިން ތިންވަނަ ހޯދީ ޙަމަދު ސުކޫލުގެ ކީ ސްޓޭޖް 5 ގެ ދަރިވަރު، ސަރާ މުޙައްމަދު ސަޢީދު އެވެ.

ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދާފައިވަނީ ޙަމަދު ސުކޫލުގެ ކީ ސްޓޭޖް 3 ގެ ދަރިވަރު، ނަވާރު އަޙްމަދު ފަރީސް އެވެ. މި ބައިން ދެވަނަ ހޯދީ ޙަމަދު ސުކޫލުގެ ކީ ސްޓޭޖް 3 ގެ ދަރިވަރު، ޢާއިޝާ ޢަބްދުއްސަލާމް ޢަބްދުލް ޙަމީދު އެވެ. އަދި ތިންވަނަ ހޯދާފައިވަނީ އިހައްދޫ ސުކޫލުގެ ކީ ސްޓޭޖް 1 ގެ ދަރިވަރު، ތުޤާ ބިންތު ޞާލިޙް އަޙްމަދު އެވެ.

މުޅި މުބާރާތުގެ އެއްވަނަ އަށް، 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ދެވަނަ އަށް ވަނީ 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ތިންވަނަ އަށް، 7000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މިއަހަރުގެ މުބާރާތުގައި ޙަމަދު ސުކޫލުން 48 ދަރިވަރަކު ބައިވެރިވެފައިވާއިރު، އިހައްދޫ ސުކޫލުން 42 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން، މުކުރިމަގު ސުކޫލުގެ 10 ދަރިވަރަކާއި، އާއްމުންގެ ތެރެއިން 26 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މުޅި މުބާރާތުގައި ޖުމްލަ 126 ދަރިވަރުން ވަނީ ކިޔަވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments