ހައްދުންމަތީ ހިތަދޫ

ގަޑިން ހެނދުނު ހަތްގަޑި ތިރީސް، ހައްދުންމަތީ ފޮނަދޫން އަޅުގަނޑުމެން މި ފުރަނީ މި އަތޮޅުހިތަދުއަށް، ކަނޑުމަޑު ރީތި ސާފު ދުވަހެއް، ފަނަރަ މިނިޓްގެ ކުރު މި ރާސްތާ އަޅުގަނޑުމެންކަޑައްތު ކުރީ ހިނިތުންވުމާއި އުފަލާއި އެކީ

މިއީ ހައްދުންމަތީ ހިތަދޫ، ހިތަދޫ ފަސްގަނޑުގައި ފައި ބީއްސުމާއި އެކު ތަފާތު ކަމެއް ފާހަގަ ކުރެވުނު، ހަމަހިމޭން ކަމާއި ހިތްހަމަ ޖެހުން ގެނުވި، އޭގެ އިތުރުންދިވެހީންގެ އާދަކާދައިގެ ތެރެއިން ނެތެމުންދާ ރަށް ސާފު ކުރުމުގެ އާދަ މިރަށުގައި އަދިވެސް ވަރަށް ފުރިހަމައަށް އޮތްކަން ފާހަގަ ކުރެވުނު، މުޅި ރަށުތެރެއިންފެންނަމުން ދަނީ ސާފުކަން، މިއީ މިރަށުގެ ކަނބަލުންގެ ފަރާތުން މިސާލު ލިބިގަންނަން ޖެހޭ ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން. 1200 އެއްހައި މީހުންދިރިއުޅޭ، ކުޑަކުޑަ އާބާދީއެއް އޮންނަ މިރަށަކީ، ހިތްހެޔޮ ބަޔަކު އިހުއްސުރެ ދިރިއުޅެމުން އަންނަ ރަށެއް، އެކުވެރިކަމާއި އެއްބައިވަންތަކަން މި ރަށުތެރެއިންފެންނަމުން ދޭ

ދިރިއުޅުން

ހިތަދުއަކީ މަސްވެރި ރަށެެއް، މައިގަނޑު ގޮތެއްގައި މި ރަށުގެ ރައްޔިތުން، ކުރާ މަސައްކަތަކީ މަސްވެރި ކަން، އޭގެ އިތުރުން މި ރަށަކީ، ޒަމާނުންސުރެދަނޑުވެރިކަން ކުރަމުން އަންނަ ރަށެއް،  ނަމަވެސް އެދެވޭ ގޮތުގައި ދަނޑުވެރިކަން ކުރަން ނުހަނު ގިނަ ދަތިތައް ކުރިމަތިވެފައި ވާކަން ފާހަގަ ކުރެވޭ.🎥ފަންފި ވިނުމާއި، ރޯނުވެށުމަކީ ވެސް މިރަށު ރައްޔިތުން ކުރާހިތުން ކުރަމުން އަންނަ މަސައްކަތް ތަކެއް

ތާރީޚް.

ތާރީޚީ ގޮތުން ބަލާއިރު، ހިތަދުއަކީ ދިވެހި ރާއްޖޭގެ ތާރީޚީ ފޮތުގެ ޞަފުހާ ތަކުގެ ތެރެއިން ޞަފުހާއެއް. ތާރީޚީ ގޮތުން މުހިންމު ބިނާތަކެއް މިރަށުގައި ވެސްއެބަހުރި، އޭގެ ތެރޭގައި ދެއްވަދޫ ރަސްގެފާނު ދިވެހި ރާއްޖޭގެ އެކިއެކި ރަށްރަށުގައި ބިނާކުރެެއްވި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތް މި ރަށުގައި ވެސްބިނާ ކޮށްފައި އެބަހުރި. މި މިސްކިތް ބިނާ ކޮށްފައިވަނީ ހިރިގަލާއި ލަކުޑިން. ހިރިގަލާއި ލަކުޑީގެ ބައިތަކުގައި  ބިންވަޅު ނަގާއި ލިޔެ ކުރެހުން އާޅަފައި އެބަހުރި. ބެރިތަކުގައްޔާއި ބިތަށްލައްވާފައިވާ މަޅުތަކާއި ތެދު ތޮނަބުރިތަކުގައި ބައެއް ހަދީސްތައް ލާފެންކޮށް ލިޔެފައި ހުރިކަން ފާހަގަވޭ. އެންމެ ފަހުން މި މިސްކިތުގެއާބާތުރަ ފިލުވާފައި ވަނީ މީގެ 23 އަހަރުކުރިން 1997 ވަނަ އަހަރު. އޭގެ ފަހުން މާބޮޑު ބެލެހެއްޓުމެއް ނެތި ދޫކޮށްލެވިފައި ވުމުގެ ސަބަބުން މިހާރު މިމިސްކިތްހުރީ ވަރަށް ބޮޑަށް ވީރާނާ ވެފައި ކަން ފާހަގަކުރެވޭ. ފެނުގެ އަސަރު ކުރުމުގެ ސަބަބުންނާއި ގިނަ ދުވަސް ވުމުގެ ސަބަބުން ގެހެރި ގަނޑުގެ ލަކުޑިތައްވަރަށް ބޮޑަށް ފީވެފައި ވާކަން ފާހަގަކުރެވޭ. މި މިސްކިތުގެ އާސާރީ ބައިގެ ފުޅާ މިނަކީ ބަރުފޯހާއިއެކު ބާރަފޫޓު ފަސް އިންޗި. ދިގު މިނަކީ ބާރަފޫޓު އަށް އިންޗި. ތާރީޚީ މި ބިނާ ހިމާޔަތް ކުރުމަށް އެއްވެސް މަސައްކަތެއް މިހާރު ކުރެވެމުން ނުދާކަން ހިތާމައާއި އެކު ފާހަގަކުރަން

މިސްކިތުގެ އިތުރުން ހިތަދޫ ޒިޔާރަތަކީ ދިވެހިރާއްޖޭގެ މީހުން އިސްލާމްދީން ގަބޫލުކުރި ދުވަސްވަރާއި މާ ދުރުނޫން ދުވަސް ވަރެއްގައި ބިނާކުރެވިފައިވާޒިޔާރަތެއްކަމަށް ބެލެވޭ. އެހެނީ ރާއްޖޭގެ އެކިކަންކޮޅު ތަކުގައި އެދުވަސް ވަރު ބިނާކޮށްފައިވާ ޒިޔާރަތްތައް ބިނާ ކުރެވިފައިވާ ގޮތާއި، ފަރުމާކުރުމުގެ ވައްޓަފާޅިމި ޒިޔާރަތާއި  އެއްގޮތްކަމެއް ހުރުން. ހަމައެއަާއި އެކު އެތަނުގައި ފަސްދާނުލެވިފައި ވާ ކަމަށް ތުންތުންމަތިން ކިޔަމުން އަންނައަލްފަޤީހު އިބުރާހިންއަކީއަރަބި ދަރިކޮޅަށް ނިސްބަތްވާ މީހެއް ކަމަށް ބުނުން. ނަމަވެސް މި ޒިޔާރަތުގެ އެެއްވެސް ހިސާބެއްގައި އެތަނުގައި ފަސްދާނުލެވިފައި ވަނީ ކާކުކަން، ޒިޔާރަތްބިނާ ކުރެވިފައިވަނީ ކޮންތާރީޚެއްގައި ކަން އެނގޭފަދަ އެއްވެސް ލިޔުމެއް ތާރީޚެއް ފެންނާކަށް ނެތް. ޒިޔާރަތުގައި ފަސްދާނުލެވިފައި ވަނީ އެރަށަށް ލައްވިމީހެއް ކަމުގައި ވެސް ހިތަދޫގެ އިސް ރަށްވެހިންގެ ތެރެއިން ބަޔަކު ތުންތުންމަތީން ކިޔާއި އުޅޭ. މި ޒިޔާރަތަށް ނަދުރު ބުނުމަށް މި ރަށު ރައްޔިތުންގެއިތުރުން އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ވެސް ގިނަ އަދަދަކަށް ޒިޔާރަތް ކުރާ ކަމުގައި ވޭ. މަސްތުރަނުވާ އަންހެނުންނާއި މާބަނޑު އަންހެނުންހިޔަރަކާތް ރޭ މި ޒިޔާރަތް ދޮށުގައި ޒިކުރު ކޮށް އުޅުނު. މީގެ އިތުރުން ކަންޖާ ކިރުމާއި ދޯނިއެހެލުންވެސް އޮންނަ ކަމުގައި ބުނެ އުޅޭ.

ހިތަދޫގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެނީ، ގުދުރަތީ ގޮތުން މިރަށަށް ލިބިފައިވާ ހާއްޞަ ކަމަކުން، މި ރަށަށް އަރާފައިބާ ކޮންމެ މީހަކު އެތަނަކަށްޒިޔާރަތް ކޮށްލަން ބޭނުންވާ ވަރަށް ހާއްޞަ އެއް ސަބަބު އަދި މި ރަށުގައި އެބަވޭ، އާދެ…. ހިތަދޫ ކުޅި. މިއީ ހިތްގައިމު ރީތި މަންޒިލެއް، އެތަނަކުންފައިދާކުރަނިވި އެތައް ނަފާއެއް ހޯދިދާނެ ފަދަ ހިތްގައިމު ތަނެއް. 1 އަކަ ކިލޯ މީޓަރާއި 1.5 އަކަ ކިލޯމީޓަރަށް ފެތުރިފައިވާ މި ސަރަހައްދު އިތުރަށް ފުރިހަމަކޮށްދެނީ، މިތަނުގައި ގިނަ އަދަދަކަށް ހެދިފައިވާ ރަނޑޫ ގަސްތަކުގެ ސަބަބުން، މި ކުޅީގައި ވާ ކެންޑުމަކުން ކަނޑުގެ ލޮނުގަނޑު މި ކުޅިތެރެއަށް ވަދޭ، އޭގެސަބަބުން މިތަނުގެ ފެންގަނޑު ސާފުކޮށް ތާޒާ ކޮށްދޭ، ތަފާތު ވައްތަރުގެ މަސްމަހާއިމެއްސާއި ކަކުނި ގިނަ އަދަދަކަށް މި ފެންގަނޑުގައި ދިރިއުޅޭ،މި ކުޅިހިމާތަށްކޮށް ރައްކާތެރި ކަމާއި އެކު، ބެލެހެއްޓިއްޖެނަމަ އެކޯޓުއަރިޒަމްގެ ތެރެއިން ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދިދާނެއެވެ

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments