ހަ މީހުނާއެކު ދަތުރުކުރި ގަމު އަކިރިސް ބޯޓު ގެއްލިގެން ހޯދަނީ

މިއަދު ހެނދުނު ހަ މީހުނާއެކު ލ. ގަމުން މާލެއަށް ދަތުރުކުރަމުން ދިޔަ އަކިރިސް ބޯޓު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ބޯޓުގެ ޚަބަރު އެންމެ ފަހުން ވެފައިވަނީ މިއަދު ހެނދުނު 9:18 ގައި، ލ. އިސްދޫ އާ ދިމާ ބޭރުން، މ.އަތޮޅާ ދިމާއަށް ދުއްވި ވަގުތު ކަމަށް މި ނޫހަށް ވަނީ ކަށަވަރުވެފައެވެ. އަދި އޭގެފަހުން، ޖީޕީއެސް ލޮކޭޝަން އަޕްޑޭޓް ނުވާ ކަމަށާއި، ބޯޓުގައި ހުރި އެއްވެސް މީހަކަށް ގުޅިފައި ނުވާ ކަމަށް މި ނޫހަށް މަޢުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.
މި ބޯޓުގައި ދަތުރުކުރީ ލ.ގަމު ތުނޑީ އަވަށު ދެ ފިރިހެނުންނާއި ބަންގްލަދޭޝްގެ ހަތަރު ފިރިހެނުންނެވެ. ބޯޓުގެ ޚަބަރެއް ނުވުމުން، މިހާރު ވަނީ ކޯސްޓް ގާޑަށް އަންގާފައެވެ.
އިތުރު ތަފްޞީލު އަންނަނީ: