ތަފާތު ބޮޑު ނަތީޖާއަކާއެކު ކައްދުއަށް އުއްމީދީ ފެށުމެއް

ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގެ ފިރިހެން ޑިވިޝަނުގައި ތަފާތު ބޮޑު ނަތީޖާއަކުން ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) ބަލިކޮށް، ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުން އުއްމީދީ ފެށުމެއް ހޯދައިފިއެވެ.

ރޭ މަތިމަރަދޫ ދަނޑުގައި ކުޅުނު މެޗުން ކައްދޫ މޮޅުވީ 33-18 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، 15-7 ގެ ނަތީޖާއަކުން ކުރިހޯދާފައިވަނީ ކައްދޫ އިންނެވެ.

ދެވަނަ ހާފު ފެށިގެން، ކައްދޫން ވަނީ ގިނަ ލަނޑުތަކެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. މި މެޗުގައި ކައްދޫ ޓީމުގެ އިބްރާހިމް ހައިޝަމް އަބްދުﷲ 11 ލަނޑު ޖަހާފައިވާއިރު، އަހުމަދު ނަޖީބު (ޑަންކު) ވަނީ 10 ލަނޑު ޖަހާފައެވެ. މީގެއިތުރުން، މުހައްމަދު މަހުދީ ހަތަރު ލަނޑު ޖެހިއިރު، ކެޕްޓަން އަލީ ރުޚްސާން ވަނީ ތިން ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ފަސް ލަނޑު ޖެހީ އިބްރާހިމް ނާއިފް، މުހައްމަދު އައިމަން ޝަކީބް، އަބްދުﷲ އަރީފް އަދި ހުސައިން އަބްދުލް މަޖީދެވެ. އޭގެތެރެއިން، އައިމަން ވަނީ ދެ ލަނޑު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިގައިވަނީ ހައިޝަމް އެވެ.

މި މެޗުގައި ޖީއާރުއެޗުގެ މުހައްމަދު ރަޝީދު (ޓޭޓު) ވަނީ ހަ ލަނޑު ޖަހާފައެވެ. މީގެއިތުރުން، އެ ޓީމުގެ ޒޭދު މުހައްމަދު ތައުފީގާއި ފަހުދު އަދުނާން (ފަހުއްޓޭ) ގެ އިތުރުން ހަސަން ފަރީދު ވަނީ ތިން ލަނޑު ޖަހާފައެވެ. އަދި ހަސަން ޒައިދު (ޒޯރޯ) ދެ ލަނޑު ޖެހިއިރު، އިބްރާހިމް ނާޒިމް ވަނީ ލަނޑެއް ޖަހާފައެވެ.

ފިރިހެން ޑިވިޝަނުގެ ވައްޓަފާޅި ސްޕޯޓްސް ކްލަބާއި ޖީއާރުއެޗް ބައްދަލުކުރާ މެޗާއި، ގޯޅިއަންސް އާއި ކައްދޫ ބައްދަލުކުރާ މެޗު މިރޭ ކުޅޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments