ގަމު ޑަބްލިޔުޑީސީ ކަޓުވާލައި، ޖީއާރުއެޗް ފައިނަލަށް

ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގެ ދެވަނަ ސެމީ ފައިނަލް މެޗުގައި ގަމު ޑަބްލިޔުޑީސީ ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ، ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) އިން ހޯދައިފި އެވެ.

ޖީއާރުއެޗު ސެމީ އަށް ދަތުރުކުރީ ގުރޫޕު ”އޭ“ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ގަމު ޑަބްލިޔުޑީސީ ސެމީ އަށް ދަތުރުކުރީ ގުރޫޕު ”ބީ“ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ގަމު ޑަބްލިޔުޑީސީ ޓީމަކީ މި މުބާރާތުގައި ވާދަކުރި އެންމެ ހަގު ޓީމެވެ. އެގޮތުން، އެ ޓީމުގެ އެވްރެޖް އުމުރަކީ އެންމެ 16 އަހަރެވެ. މި މުބާރާތުގައި އެ ޓީމުގެ ފަރާތުން ވަނީ އާދަޔާ ޚިލާފު ހިތްވަރެއް ފެނިފަ އެވެ. މުބާރާތުގައި ތިން މެޗު ކުޅެ، ބަލިވެފައިވަނީ ހަމައެކަނި ސެމީ ފައިނަލް މެޗުންނެވެ.

ރޭ މަތިމަރަދޫ ދަނޑުގައި ކުޅުނު މެޗުން ޖީއާރުއެޗު މޮޅުވީ 34-11 ގެ ނަތީޖާއަކުންނެވެ. ގުރޫޕު ސްޓޭޖުގެ ފަހު މެޗެކޭ އެއްގޮތަށް، މި މެޗުގައިވެސް ގަމު ޑަބްލިޔުޑީސީގެ އެންމެ މުހިންމު ކުޅުންތެރިޔާ، އާމިނަތު އިބާ އިބްރާހިމް ކުޅެފައެއް ނުވެއެވެ.

މި މެޗުގައި ޖީއާރުއެޗުގެ އާމިނަތު އައިނާޝް އަށް ލަނޑު ޖެހިއިރު، މަރިޔަމް ޝިޒާނާ ވަނީ ހަތް ލަނޑު ޖަހާފަ އެވެ. އަދި ހައްވާ ޝާއިގާ އާއި މަރިޔަމް ޝިފްނާ ވަނީ ފަސް ލަނޑު ޖަހާފަ އެވެ. މީގެއިތުރުން، އާއިޝަތު ސަނާ ހަތަރު ލަނޑު ޖެހިއިރު، ފާތިމަތު މަޒިއްޔާ، އާމިނަތު ލިއުޝާ، ސަނާ އިބްރާހިމް އަދި އާމިނަތު ހުސައިން ވަނީ ލަނޑު ޖަހާފަ އެވެ.

ގަމު ޑަބްލިޔުޑީސީގެ މަރިޔަމް މިޝްގާ މޫސާ ވަނީ ހަ ލަނޑު ޖަހާފަ އެވެ. މީގެއިތުރުން، އާއިޝަތު ޒައިކާ ތިން ލަނޑު ޖެހިއިރު، މަރިޔަމް މާވިން މައުމޫން ވަނީ ދެ ލަނޑު ޖަހާފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖީއާރުއެޗުގެ ޒުވާން ކުޅުންތެރިޔާ، އައިނާޝް އެވެ.

އަންހެން ޑވިޝަނުގެ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ ޖީއާރުއެޗް ނިކުންނާނީ އައުޓްރީފާ ދެކޮޅަށެވެ. މުބާރާތުގެ ގުރޫޕް ސެޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން، 20-17 ގެ ނަތީޖާއަކުން މޮޅުވީ އައުޓްރީފެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments