ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ ގުރު ނަގައިފި

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ، ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް 2024 ގެ ގުރުއަތުލުން ބާއްވައިފި އެވެ.

ލ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތުގެ ގުރު ނަގާފައިވަނީ މިއަދު، ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގައެވެ. ފޮނަދޫ ގައި ކުރިޔަށްދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 29 ވަނަ ދުވަހު އެވެ.

ދެ ޑިވިޝަނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ޖުމްލަ ނުވަ ޓީމު ބައިވެރިވެފައިވާއިރު، ފިރިހެން ޑިވިޝަނުގައި ތިން ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އަންހެން ޑިވިޝަނުގެ މެޗުތައް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެނެވެ. އެޔަށްފަހު، ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރު ކުޅޭނީ ލީގު އުސޫލުންނެވެ. އަދި އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ފޮނަދޫ ޒުވާނުންގެ ރޫހު (އެފްޒެޑްއާރު)، އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބް އަދި ސޭންޑްސް އޮފް ލާމު އެވެ.

ފިރިހެން ޑިވިޝަނުގެ ޓީމުތައް

އަންހެން ޑިވިޝަނުގެ ގުރޫޕު ”ބީ“ ގައި ހިމެނެނީ، އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ)، ޓީކޭ ސްޕޯޓްސް ކްލަބް، އަކިރިކޮޅު ސްޕޯޓްސް ކްލަބް، އެސޯސިއޭޝަން ފޯ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް (އަމިގޯސް) އަދި މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އެވެ.

އަންހެން ޑިވިޝަނުގެ ގުރޫޕު ”ސީ“ ގައި ހިމެނެނީ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގުރޫޕް (ކިންގް)، ފެކްޝަން ސްޕޯޓްސް ކްލަބް، އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބް އަދި ބިގް ޝޮޓްސް އެވެ.

އަންހެން ޑިވިޝަނުގެ ޓީމުތައް

މުބާރާތުގެ ފުރަތަމަ މެޗުގައި، އާދީއްތަ ދުވަހު ހަވީރު 16:15 ގައި ބައްދަލުކުރާނީ އައިވައިޔޫ އަދި ޓީކޭ އެވެ. ދެވަނަ މެޗުގައި ކިންގާއި ފެކްޝަން ބައްދަލުކުރާއިރު، ތިންވަނަ މެޗުގައި އަކިރިކޮޅު ނިކުންނާނީ އަމިގޯސް އާ ދެކޮޅަ ށެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ލާމު އެމްވީ އެވެ. އަދި ހޯސްޓިން ޕާޓްނަރަކީ އައިލެންޑާސް ސްޕޯޓްސް ކްލަބެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments