ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: ފެކްޝަން ބަލިކޮށް، ކިންގުން ފެށުން ރަނގަޅުކޮށްފި

މިހާރު ކުރިޔަށްދާ ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި ފެކްޝަން ސްޕޯޓްސް ކްލަބް ބަލިކޮށް، ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގުރޫޕް (ކިންގް) އިން ފެށުން ރަނގަޅުކޮށްފި އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ، ގުރޫޕު ”ސީ“ ގެ ދެ ޓީމު ކަމުގައިވާ ކިންގާއި ފެކްޝަން އެވެ. ކިންގަކީ ކުނަހަންދުއަށް ނިސްބަތްވާ ޓީމެކެވެ. އަދި ފެކްޝަން އަކީ ހިތަދޫ ޓީމެކެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ފެކްޝަން އިންނެވެ. އެ ޓީމުން ސެޓު ކާމިޔާބުކުރީ 25-17 އިންނެވެ.

ފުރަތަމަ ސެޓުން ބަލިވުމާއެކު، ކިންގުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ވާދަވެރި ކުޅުމަކަށްފަހު، އެ ޓީމުން ވަނީ 25-22 އިން ދެވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ.

ދެވަނަ ސެޓަކޭ އެއްގޮތަށް ތިންވަނަ ސެޓުވެސް ދިޔައީ ވާދަވެރިކޮށެވެ. ކިންގުން މެޗުގެ ތިންވަނަ ސެޓު ކާމިޔާބުކުރީ 25-23 އިންނެވެ. އަދި ހަތަރުވަނަ ސެޓު، 25-21 އިން ކާމިޔާބުކޮށް، ކިންގު ވަނީ މެޗުން މޮޅުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކިންގުގެ ފާތިމަތު ނާސިހާ އެވެ.

މި ގުރޫޕުގެ ދެވަނަ މެޗުގައި ހޯމަ ދުވަހު ހަވީރު އެފްއެސްޑަބްލިޔު ބައްދަލުކުރާނީ ބިގް ޝޮޓް އާއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments