ތ،ލ މަސްވެރިން އިހުތިޖާޖުކުރަނީ

ހޮރައިޒަން ފިޝަރީޒް ކުންފުނިން ހިންގާ މާންދޫ ފިޝަރީސް ކޮމްޕްލެކްސް އިން މަސްވެރިންނަަަށް ފައިސާ ނުދޭކަމަށް ބުނެ، ހައްދުންމައްޗާއި ކޮޅުމަޑުލުގެ ގިނަ އަދަދެއްގެ މަސްވެރިން އިިހުތިޖާޖަށް ނުކުމެއްޖެއެވެ. މި އިހުތިޖާޖުގައި މި ދެ އަތޮޅަށް ނިސްބަތްވާ 24 މަސްދޯންޏަކުން 300 އާ ގާތްކުރާ އަދަދަކަށް މަސްވެރިން ގެންދަނީ ބަައިވެރި ވަމުންނެވެ.

ލ.އެމްވީއަށް މަޢުލޫމާތުދެއްވަމުން، ލާމު ގަމު ’ރާސްތާ‘ ދޯނިން ޢަލީ ހަފީޒް ވިދާޅުވީ ކުރިން ހޮރައިޒަން އިން ކޮންމެ ހަފްތާއަކު މަސްވެރިންނަށް ފައިސާ ދޫކުރާކަމަށެވެ.

’ކޮންމެ ހަފްތާއަކު ކުރިން ފަައިސާ ބަހަމުން ގެންދިޔައީ. އޭގެ ފަހުން އެކާވީސް ދުވަހަށް ބަދަލުކުރީ، އެހިސާބުން ބިލްތަކަށް ފަައިސާ ލިބުމުގަ މައްސަލަ ޖެހެމުން އަންނަނީ’، ޢަލީ މަޢުލޫމާތުދެއްވިއެވެ.

މިގޮތަށް ފައިސާ ލިބުން ލަސްވަމުން ގޮސް މިހާރު މަސްދުވަސް ފާއިތުވެގެން ދާއިރުވެސް މަސްވެރީންނަށް ފައިސާ ނުލިބޭ ކަމަށް އިހުރިޖާޖުގައި ބައިވެރިވާ މަސްވެރީން ގެންދަނީ ބުނަމުންނެވެ.

މީގެ އިތުރުން ތެޔޮ ކޮންޓުރޯލްކުރުމުގެ ސަބަބުން ތެޔޮ ލިބުމުގައިވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަންވެސް އެމީހުން ފާހަގަ ކުރެއެވެ.

މަސްވެރީންގެ ކަންބޮޑުވުންތަކަށް އެދެވޭ ހަައްލެއް ލިބެންދެން، މިއަދު ހެދުުުުނު 8.30 ގައި ފެށި އިހުތިޖާޖު، ކުރިއަށްގެންދާނެކަމަށް މަސްވެރީން މި ނޫހަށް މަޢުލޫމާތު ދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments