ފޮނަދޫ ކައުންސިލް ރޫހު ވޮލީ މުބާރާތުގެ ސެމީފައިނަލްގެ މެޗުތައް މާދަމާ ކުޅޭނެ

ފޮނަދޫ ޒުވާނުންގެ ރޫހުން ކުރިއަށް ގެންދަމުން އަންނަ ފޮނަދޫ ކައުންސިލް ރޫހު ވޮލީ މުބާރާތުގެ ސެމީ ފައިނަލްގެ 2 މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ (13 ނޮވެމްބަރު) ގައެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗު އޮންނާނީ ހަވީރު 16:15 ގައެވެ. އަދި 2 ވަނަ މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 ގައެވެ. ސެމީ ފައިނަލްގެ މެޗުތަކުގައި ވާދަކުރާނެ ޓީމުތައް ޔަޤީންވާނީ މިއަދު ކުޅުމަށް ހަމަޖެހިފައިވާ ގްރޫޕް ސްޓޭޖުގެ ފަހު 2 މެޗު ކުޅުމަށް ފަހުއެވެ.
މިއަހަރުގެ ވޮލީ މުބާރާތަކީ ފޮނަދޫ ޒުވާނުންގެ ރޫހުގެ 21 ވަނަ ވޮލީމުބާރާތެވެ. އެންމެ ފަހުން 2019 ގައި މިމުބާރާތް ބޭއްވުނީ އަންހެން އަދި ފަރިހިން ޑިވިޝަނަށް ބަހާލައިގެނެވެ. ނަމަވެސް އެކި ސަބަބުތަކާއިހުރެ މިއަހަރު ފުރުޞަތު ހުޅުވާލައިފައިވަނީ ހަމައެކަނި ފިރިހެން ޑިވިޝަނަށެވެ. އަދި ބައިވެރިވެފައިވަނީ 6 ޓީމެކެވެ. އެއީ ޒުވާނުންގެ ގުޅުން, ސިލްވަރ ނައިޓްސ, ހަފެލެ މޯލްޑިވްސް, އެފް.އެމް.އެސް.ސީ, އައިލޭންޑާރސް އެސް.ސީ އަދި ލެކްރޯސް އެސް.ސީއެވެ.
މިމުބާރާތުގެ 3 ވަނަ ހޮވާ މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރުގެ 21:00 ގައެވެ. ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރުގައެވެ.