ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް: ހައިޑްރާ ބަލިކޮށް، ޖީޖީއެސްސީ ފައިނަލަށް

ހައްދުންމަތީ ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތުގައި، މިއަދު ހަވީރު ތަފާތު ބޮޑު ނަތީޖާއަކުން ހިތަދޫ ޔޫތު ޑިވެލޮޕްމެންޓް އެންޑް ރެކްރިއޭޝަނަސް އެސޯސިއޭޝަން (ހައިޑްރާ) ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) ފައިނަލަށް ދަތުރުކޮށްފި އެވެ.

ޖީޖީއެސްސީން ވަނީ މުބާރާތުގެ ފުރަތަމަ ދެ މެޗުން މޮޅުވެ، ފައިނަލުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. އެ ޓީމުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު 6-0 ގެ ނަތީޖާއަކުން ހައިޑްރާ ބަލިކުރުމަށްފަހު އެވެ. މިއާއެކު، ޖީޖީއެސްސީ އަށް ވަނީ އެއްވަނައިގައި ނުވަ ޕޮއިންޓު ލިބިފަ އެވެ.

ފައިނަލުގެ ދެވަނަ ޖާގަ އަށް ވާދަކުރަނީ ފެކްޝަން ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބެވެ. މި ދެ ޓީމަށްވެސް ހަ ޕޮއިންޓު ލިބިފައިވާއިރު، މާދަމާ އޮތީ މި ދެ ޓީމު ބައްދަލުކުރާ މެޗެވެ. މި މެޗުން މޮޅުވާ ޓީމަކަށް، ފައިނަލުގެ ދެވަނަ ޖާގަ ލިބޭނެ އެވެ. މެޗު އެއްވަރު ވެއްޖެނަމަ، ފައިދާ ގޯލުން ކުރި ލިބޭނީ ފެކްޝަން އަށެވެ.

ހައިޑްރާ އާ ދެކޮޅަށް ކުޅުނު މެޗުގައި ޖީޖީއެސްސީގެ އަހުމަދު ސޮބާހު (ސޯޓޭ) ވަނީ ހެޓްރިކް ހަދާފަ އެވެ. މީގެއިތުރުން، މުހައްމަދު ސޮބާހު އާއި އަހުމަދު ނޫމާން (ހެލްމެޓް) ލަނޑު ޖެހިއިރު، ހައިޑްރާ ކުޅުންތެރިއެއް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖީޖީއެސްސީގެ ސޯޓޭ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments