ފޮއިމަތި ޖަމިއްޔާގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާޙު ކޮށްފި

ހައްދުންމަތީ ގަމު މަތިމަރަދޫ އަވަށުގައި ހހަރަކާތްތެރިވާ ފޮއިމަތި ޖަމިއްޔާގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާޙު ކޮށްފި އެވެ.

ފޮއިމައްޗުން ދަނީ 2011 ވަނަ އަހަރުން ފެށިގެން، ގަމުގެ އެކި ކުޅިވަރު ޙަރަކާތްތަކާއި، އިޖުތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވަމުންނެވެ. ވަކިން ޚާއްޞަކޮށް، މަތިމަރަދޫ އަވަށުގެ ޒުވާނުން ބާރުވެރި ކުރުވުމާއި، އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަންޑު ހޯދުމަށް އެހީވުމުގެ އިތުރުން، ރަށާއި އަވަށުގެ ލާބަޔަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

”ފޮއިމަތި“ ނަމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ދަށުން ރަސްމީކޮށް ޖަމިއްޔާ ރަޖިސްޓަރ ކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

ޖަމިއްޔާ ރަޖިސްޓަރ ކުރުމަށްފަހު، ފޮއިމަތިން ވަނީ ޖަމިއްޔާގެ މެމްބަރަކަށް ވުމަށް ފުރުޞަތު ހުޅުވާލާފަ އެވެ. އަދި ހިންގާ ކޮމިޓީ އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 22 އިން 26 ގެ ނިޔަލަށެވެ.

ޖަމިއްޔާގެ ހިންގާ ކޮމިޓީ އިފްތިތާޙު ކޮށްފައިވަނީ ހުކުރު ދުވަހުގެރޭ ފޮއިމަތި ހަޓުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގަ އެވެ.

ފޮއިމަތި ޖަމިއްޔާގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމިޓީ

ފޮއިމަތު ޖަމިއްޔާގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމިޓީ:

ޙުސައިން ޢާސިފް (ޕިތޭ) – ރައީސް

ޢުޘްމާން ޢަބްދުﷲ (އުއްސޭ) – ނައިބު ރައީސް

އިބްރާހިމް ނާޒިމް – ސެކްރެޓަރީ

މުޙައްމަދު މާހިލް (މާއްކޮ) – އެޑްމިނިސްޓްރޭޓަރ

އަޙްމަދު ޢަބްދުﷲ – ފައިނޭންސް އޮފިސަރ

ޙުސައިން މަފާޒް (މަފާ) – ރެކްރިއޭޝަން އޮފިސަރ

މުޙައްމަދު އަފްރާޙް (އަޕުރީ) – އެސިސްޓެންޓް ސެކްރެޓަރީ

ޙާމީމް ޒަކީ – ކޮމިޔުނިޓީ އޮފިސަރ

އަޙްމަދު މުޖުތަބާ (މުޖު) – ޖެނެރަލް ސެކްރެޓަރީ

ފޮއިމަތި ޖަމިއްޔާއިން މަޢުލޫމާތު ދިން ގޮތުގައި، މި އަހަރުގެ ބާކީ މި އޮތް ކުޑަދުވަސްކޮޅުގައިވެސް ޖަމިއްޔާގެ ޙަރަކާތްތައް ކުރިޔަށްދާނެ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments