އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑަށް ޝަމްއޫން ނޮމިނޭޓް ވެއްޖެ، ބުދަ ދުވަހުގެ ނިޔަލަށް އެސްއެމްއެސް ކުރެވޭނެ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ބާއްވާ 11 ވަނަ ޖާނަލިޒަމް އެވޯޑްސްގައި، އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑަށް، ”ވަން އޮންލައިން“ ގެ ސްޕޯޓްސް އެޑިޓަރ، ލ.ފޮނަދޫ، މުހައްމަދު ޝަމްއޫން ނޮމިނޭޓް ވެއްޖެއެވެ.

ޝަމްއޫންގެ އިތުރުން މި އެވޯޑަށް ނޮމިނޭޓް ވެފައިވަނީ ”އަދަދު“ ނޫހުގެ އައްޒާމް އަލިފުޅު، ”މިހާރު“ ނޫހުގެ ފާތިމަތު ޝަނާ މުހައްމަދު، ”ވަގުތު އޮންލައިން“ ގެ މުހައްމަދު ޔާމީނު އަދި ”ދައުރު“ ނޫހުގެ މުހައްމަދު މުޒައްޔިނު ނާޒިމް އެވެ.

މި އެވޯޑަށް ނޮމިނޭޓްވި ފަރާތްތަކުގެ ތެރެއިން އެންމެ މޮޅު ނޫސްވެރިޔާ ހޮވުމުގައި، އާއްމުންގެ ވޯޓުން ނެގުމަށް ހަމަޖެހިފައިވަނީ %15 އެވެ. ވޯޓު ލުމުގެ ސުންގަޑި ހަމަވާނީ ބުދަ ދުވަހުގެރޭ 23:59 ގައެވެ. ޝަމްއޫނަށް ވޯޓު ލުމަށް އެސްއެމްއެސް ކުރާނީ ތިރީގައިމިވާ ގޮތަށެވެ.

JY (SPACE) SHAMOON TO 4244

ޝަމްއޫން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުމެފައިވަނީ 2011 ވަނަ އަހަރުއެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް ”ލާމުއެޓޯލް“ ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ޝަމްއޫން މަސައްކަތް ކުރީ ”ދުވަސް“ ނޫހުގައި ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ޝަމްއޫން ވަނީ ”ވަގުތު“ ނޫހުގައި ވެސް ކުޅިވަޅު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

އައިއޯއައިޖީ ކަވަރޭޖްގެ ތެރެއިން: ފޮޓޯ- އެމްއޯސީ

އެއަށްފަހު ”ސަން އޮންލައިން“ ނޫހުގައި ޝަމްއޫން ވަނީ ހަތަރު މަހަށް ކުޅިވަޅު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. ޝަމްއޫން ”ވަން އޮންލައިން“ ގައި މަސައްކަތް ކުރަން ފެށީ 2019 ވަނަ އަހަރުއެވެ. މިހާރު ޝަމްއޫނަކީ ”ވަން“ ގެ ސްޕޯޓްސް އެޑިޓަރެއްގެ އިތުރުން ސްޕޯޓްސް ހެޑެވެ.

މީޑިއާ ކައުންސިލުން ހޮވާ އެންމެ މޮޅު ސްޕޯޓްސް ޖާނަލިސްޓުގެ އެވޯޑަށް ޝަމްއޫން ވަނީ ތިން ފަހަރު ނޮމިނޭޓް ވެފައެވެ.

އައިއޯއައިޖީ ކަވަރޭޖްގެ ތެރެއިން: ފޮޓޯ- އެމްއޯސީ

ޝަމްއޫން ފާހަގަކުރި ގޮތުގައި މިދިޔަ އަހަރަކީ ތަފާތު ތަޖުރިބާތަކެއް ކުރެވުނު ކާމިޔާބު އަހަރެކެވެ. އެގޮތުން، މިދިޔަ އަހަރު އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސާފް ޗެމްޕިއަންޝިޕުގައި ހަރަކާތްތެރި ވެފައެވެ. އަދި އޭނާ ވަނީ ގައުމީ ގިނަ މުބާރާތްތަކެއްގައި ހަރަކާތްތެރިވެ، ގިނަ އަދަދެއްގެ ރިޕޯޓު ތައްޔާރުކޮށްފައެވެ.

މިދިޔަ އަހަރު ޝަމްއޫނަށް ވަނީ، ލ.އަތޮޅު ކައުންސިލްގެ ފަރާތުން ދޭ ލާމަސީލު ލާމު ހައްދުންމަތި އެވޯޑުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments