ގަމު ކައުންސިލް ފުޓުބޯޅަ މުބާރާތުގެ ހޯސްޓިންގ ޕާޓްނަރަކަށް ”ސްޓަރ“

ހައްދުންމަތީ ގަމު ކައުންސިލްގެ ފަރާތުން ބާއްވާ ”ގަމު ކައުންސިލް ފުޓުބޯޅަ މުބާރާތް 2024“ ގެ ހޯސްޓިންގ ޕާޓްނަރަކަށް ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓަރ) ހަމަޖައްސައިފިއެވެ.

ގަމު ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގަމު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކައުންސިލްގެ ނައިބު ރައީސް، އިބްރާހީމް ރަޝީދު (ފީގޯ) އެވެ. އަދި ސްޓަރ ގެ ފަރާތުން ސޮއިކުރެއްވީ ޖަމިއްޔާގެ ރައީސް، ހުސައިން މަމްދޫހު (މަމޫ) އެވެ. މި އެއްބަސްވުމުގެ ދަށުން، މުބާރާތް ރާވައި ހިންގުމުގެ ހުރިހައި މަސައްކަތެއް، ކައުންސިލްގެ ލަފަޔާއެކު ކުރާނީ ސްޓަރ ޖަމިއްޔާއިންނެވެ.

އަންނަ މަހު 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ، މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ ފުޓުބޯޅަ މުބާރާތެކެވެ. އެގޮތުން، މި މުބާރާތުގައި ކުޅެވޭނީ، އެ ރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. ނަމަވެސް، މުބާރާތުގެ ގަވައިދުގައިވާ ގޮތުގެ މަތިން، ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު ދެ ކުޅުންތެރިން ހިމެނިދާނެއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ތުނޑި، މަތިމަރަދޫ، މުކުރިމަގު، މާބައިދޫ އަދި ހިތަދޫ ޓީމެވެ. މުބާރާތުގެ ފުރަތަމަ ބުރު ކުރިޔަށް ދާނީ ލީގު އުސޫލުންނެވެ. އެޔަށްފަހު، އެއްވަނަ ހޯދާ ޓީމަކަށް ސީދާ ފައިނަލުން ޖާގަ ލިބޭނެއެވެ. އަދި ދެވަނަ އާއި ތިންވަނަ ހޯދާ ދެ ޓީމުގެ މެދުގައި ސެމީ ފައިނަލުގެ މެޗެއް ކުޅެވޭނެއެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި މަތިމަރަދޫ އާއި މުކުރިމަގު ބައްދަލުކޮށް، ޗެމްޕިއަންކަން ހޯދާފައިވަނީ މުކުރިމަގުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments