“ދި ހޯކްސް ފިއުލް ފޮނަދޫ” އެނިވާސަރީ ޕްރޮމޯޝަންގެ އެއްވަނަ، އިދުރީސް މޫސާއަށް

“ދި ހޯކްސް ފިއުލް ފޮނަދޫ” ގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަންގެ އެއްވަނަ، އިދުރީސް މޫސާއަށް ލިބިއްޖެއެވެ.
ފޮނަދޫގައި ހުންނަ ހޯކްސްގެ ފަރާތުން ސެޕްޓެންބަރު މަހު އެއްވަނަ ދުވަހުން ނޮވެންބަރު މަހު އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ޕްރޮމޯޝަންގެ ނަތީޖާ ފާޅުކޮށްފައިވަނީ، މިއަދު ހަވީރު ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.
ހޯކްސްގެ ކަސްޓަމަރުންނަށް ހުޅުވާލައިގެން ބޭއްވި މި ޕްރޮމޯޝަންގެ އެއްވަނައަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި ދެވަނައަށް 4000 ރުފިޔާ ދިންއިރު، ތިންވަނައަށް ވަނީ 3000 ރުފިޔާ ދީފައެވެ. އެގޮތުން، މި ޕްރޮމޯޝަންގެ އެއްވަނަ ލިބުނީ އިދުރީސް މޫސާ އަށެވެ. އަދި ދެވަނަ ލިބުނީ ހުސައިން އާދިލް އަށެވެ. މި ޕްރޮމޯޝަންގެ ތިންވަނަ ނަސީބުވެރިޔަކީ ފާތިމަތު ޝަމީލާ އެވެ.
ހޯކްސް އިން މައުލޫމާތު ދެއްވި ގޮތުގައި މި ޕްރޮމޯޝަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.