13 ޓީމާއެކު ފޮނަދޫ ކައުންސިލް ފުޓްސަލް މުބާރާތް މާދަމާރޭ ފަށަނީ، މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ

ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ”އަރަފާ ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓް 2024“ މާދަމާރޭ ފެށުމަށް ތައްޔާރުވެފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސައިފިއެވެ.

މި މުބާރާތަކީ ފޮނަދޫ ކައުންސިލްގެ ފަރާތުން ބާއްވާ މިފަދަ ހަވަނަ ފުޓްސަލް މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން، ޓީމުތައް ވަނީ ހަތަރު ގުރޫޕަކަށް ބަހާލެވިފައެވެ. އަދި ކޮންމެ ގުރޫޕަކުން ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާނެއެވެ.

މިއަހަރުގެ މުބާރާތުގެ ގުރޫޕު ”އޭ“ ގައި ހިމެނެނީ ބިގް ޝޮޓްސް، އައިލެންޑާސް ސްޕޯޓްސް ކްލަބް އަދި ކިޔުއެމް ސްޕޯޓްސް އެކަޑަމީއެވެ. ގުރޫޕު ”ބީ“ ގައި ހިމެނެނީ ލައްވި ފުޓްބޯލް ކްލަބް، ސޭންޑްސް އޮފް ލާމު އަދި އީވަލްޒް ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ ގުރޫޕު ”ސީ“ ގައި ހިމެނެނީ އީވަލްޒް ފުޓްބޯލް ކްލަބް، ބްލެކް ސްޓްރީޓް ސްޕޯޓްސް ކްލަބް އަދި ޖީ-ސްޓާ ސްޕޯޓްސް ކްލަބެވެ. އެހެން ގުރޫޕުތަކާ ހިލާފަށް ގުރޫޕު ”ޑީ“ ގައި ހަތަރު ޓީމު ހިމެނެއެވެ. އެއީ ރިއަލް ޖާޒީ، ޖީ-ސްޓާ ޖޭއާރު، އަފޭން އަދި ވައްޓަފާޅި ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބިގް ޝޮޓްސް އަދި އައިލެންޑާސްއެވެ. ދެވަނަ މެޗުގައި ސޭންޑްސް އޮފް ލާމު ނިކުންނާނީ ލައްވި އާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި ބައްދަލުކުރާނީ ރިއަލް ޖާޒީ އާއި ޖީ-ސްޓާ ޖޭއާރެވެ. ގުރޫޕް ސްޓޭޖުގައި ކޮންމެ ރެޔަކު ކުޅުމަށް ހަމަޖެހިފައިވަނީ ތިން މެޗެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސާފައިވާއިރު ޓައިޓަލް ސްޕޯންސަރަކީ އަރަފާ ޓްރޭޑާސްއެވެ. ޕްލެޓިނަމް ސްޕޯންސަރަކީ ދި ހޯކްސް ޕްރައިވެޓް ލިމިޓެޑެވެ. ގޯލްޑް ސްޕޯންސަރަކަށް ޝަބްނަމީ ހޯލްޑިންގްސް ހަމަޖައްސާފައިވާއިރު، ކިޓް ޕާޓްނަރަކީ ޖޮޒީ އެމްވީއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments