ގަމު ފުޓުބޯޅަ މުބާރާތުގެ ގުރު ނަގައިފި، މުބާރާތް ފަށާނީ ހޯމަ ދުވަހު

ހައްދުންމަތީ ގަމު ކައުންސިލްގެ ފަރާތުން ކުރިޔަށްގެންދާ ”ގަމު ފުޓުބޯޅަ މުބާރާތް 2024“ ގެ ގުރު ނަގައިފިއެވެ.

ޖުމްލަ ފަސް ޓީމަކުން ވާދަކުރާ މި މުބާރާތުގެ ގުރު ނަގާފައިވަނީ ރޭ ގަމު ކައުންސިލް އިދާރާގެ ސެމިނާ ރޫމްގައި ކުރިޔަށްދިޔަ ރަސްމިއްޔާތެއްގައެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ތުނޑި އެފްސީ، މަތިމަރަދޫ އެފްސީ، މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ)، ހިތަދޫ އެފްސީ އަދި އެންމެ ފަހުގެ ޗެމްޕިއަން އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) އެވެ.

މުބާރާތުގެ ފުރަތަމަ ބުރު ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. ލީގު ބުރު ނިމުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ. އަދި ދެވަނަ އާއި ތިންވަނަ ހޯދާ ދެ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވޭނެއެވެ.

މި މުބާރާތުގެ ފުރަތަމަ ބުރުގެ މެޗުތައް ނިމޭނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެޔަށްފަހު، ސެމީ ފައިނަލް މެޗު ކުޅޭނީ 22 ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 24 ވަނަ ދުވަހުއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ހަވީރު، ތުނޑި އެފްސީ ނިކުންނާނީ ހިތަދޫ އެފްސީ އާ ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތް ހޯސްޓް ކުރާނީ ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓަރ) ޖަމިއްޔާ އިންނެވެ. މީޑިއާ ޕާޓްނަރަކީ ލާމު އެމްވީއެވެ. އެހެނިހެން ޕާޓްނަރުންގެ ތެރޭގައި ހިމެނިފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތް، ސާލިހާ ސްޓޫޑިއޯ، އިންކްޑް އެމްވީ، އައި ކެންޑީ، އުރްމީ ފިޓް، ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ، ސޮލާހު ސްޕޯޓްސް އެކަޑަމީ، ސޭކަ އިންޖިނިއަރިންގ، ޖޮޒީ އެމްވީ، ވިލަރެސް ގެސްޓްހައުސް، ލެޒިޒް ރެސްޓޯރެންޓް އެންޑް ބޭކަރީ، ގަމު ރީޖަނަލް ހޮސްޕިޓަލް، މެވްރިކް ހޮޓެލް އަދި ބަލްކް ޑިޕޯޓްއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments