ފޮނަދޫ ކައުުންސިލް ފުޓްސަލް ޓޯނަމެންޓް: އެވަލްޒް، އަފޭން އަދި ކިޔުއެމް އިން ފެށުން ރަނގަޅުކޮށްފި

އަރަފާ ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓުގައި މިރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، އެވަލްޒް އެފްސީ، އަފޭން އަދި ކިޔުއެމް ސްޕޯޓްސް އެކަޑަމީއިން މުބާރާތުގެ ފެެށުން ރަނގަޅުކޮށްފިއެވެ.

މިރޭގެ ފުރަތަމަ މެޗުގައި އެވަލްޒް އިންވަނީ 10-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބްލެކް ސްޓްރީޓް އެސްސީ ބަލިކޮށްފައެވެ. އެވަލްޒްގެ އަހުމަދު އަސީލް، އަހުމަދު އަތީފް އަދި ހުސައިން ހަމީދުންކުރެ ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ހަތަރު ލަނޑު ޖެހީ މުހައްމަދު ސިނާޒް، މުހައްމަދު ފައްޔާޒް، އަހުމަދު އަޝްރަފް އަދި ޓުއަރިޒްމ މިނިސްޓަރ، އިބްރާހިމް ފައިސަލްއެވެ. ބްލެކް ސްޓްރީޓްގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ސުޖާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެވަލްޒްގެ އަސީލްއެވެ.

މިރޭގެ ދެވަނަ މެޗުގައި އަފޭން ޓީމުން ވަނީ 5-1 ގެ ނަތީޖާއަކުން ވައްޓަފާޅި އެސްސީ ބަލިކޮށްފައެވެ. އަފޭންގެ ހައްޔާން ޝަރީފް ހެޓްރިކް ހެދިއިރު، މުހައްމަދު ޔާމީން ޝަރީފާއި އަހުމަދު އަމަން އަލީ ވަނީ ލަނޑު ޖަހާފައެވެ. ވައްޓަފާޅިން ލަނޑު ޖެހީ އަހުމަދު އަލްސަން ޝަކީބެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަފޭންގެ ހައްޔާންއެވެ.

ކިޔުއެމް އިންވަނީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ބިގް ޝޮޓްސް ބަލިކޮށްފައެވެ. މި މެޗަކީ ބިގް ޝޮޓްސް އިން މި މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި 8-1 ގެ ނަތީޖާއަކުން އައިލެންޑާސް އެސްސީ ބަލިކޮށްފައެވެ. މިއާއެކު ބިގް ޝޮޓްސްއަށް ވަނީ ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމިފައެވެ.

ކިޔުއެމް އާއި ބިގް ޝޮޓްސް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ބިގް ޝޮޓްސްގެ މުހައްމަދު ޝުވާން ރަޝީދު ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފައެވެ. ނަމަވެސް، ދެވަނަ ހާފުގައި އަލީ އިޔާޝް އާދިލް އާއި އަލީ އަބާން އަބްދުއްރަހީމް އަދި އާހިލް އަލީ ޖެހި ލަނޑުތަކާއެކު ކިޔުއެމް އިންވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކިޔުއެމްގެ އަބާންއެވެ.

މާދަމާރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެވަލްޒް އެސްސީ އާއި ލައްވި އެފްސީއެވެ. ދެވަނަ މެޗުގައި އަފޭން ނިކުންނާނީ ރިއަލް ޖާޒީ އާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ބައްދަލުކުރާނީ ބްލެކް ސްޓްރީޓާއި ޖީ-ސްޓާ އެސްސީއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments