މަސްވެރިންގެ އިހުތިޖާޖު ދެވަނަ ދުވަހަކަށް

ހައްދުންމަތީގެ މަސްވެރީންނާއި ކޮޅުމަޑުލު މަސްވެރީން ގުޅިގެން 12 ނޮވެމްބަރ 2022 ވަނަ ދުވަހު ހެނދުނުއްސުރެ ލ. މާންދޫ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްގައި ކުރިއަށްގެންދާ ސުލްޙަވެރި އިހުތިޖާޖު ދެވަނަ ދުވަހަކަށް މިއަދުވެސް ކުރިއަށް އެބަދެއެވެ.

ގިނަ އަދަދެއްގެ ޒުވާނުން އަދި ހަރު އުމުރުގެ މަސްވެރިން އެއް ރޫޙެއްގައި އިންތިޒާމުވެގެން ސުލްހަވެރިކޮށް ކުރިއަށްދާ މި އިހުތިޖާޖުގައި ގެންދަނީ އެމީހުންގެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. މިގޮތުން މަސް ކިރުވާފައި ދޭން ޖެހޭ ފައިސާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގާ ހޮރައިޒަން ފިޝަރީޒް ކުންފުނިން ނުދޭ މައްސަލައާއި ތެލާއި އައިސްގެ އަގު ބޮޑުވުމާއި ނުލިބުމުގެ މައްސަލަ އަދި މިފްކޯއިން ގަންނަ އަގަށް ހޮރައިޒަން އިން މަސް ނުގަންނަ މައްސަލަ އެމީހުން ފާހަގަކުރެއެވެ.

އިހުތިޖާޖު ވަރުގަދަ ވަމުންދާއިރު، މިއަދު ވަނީ ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ މާންދުއަށް ވަޑައިގެން މަސްވެރިންގެ ޑިމާންޑުތަކުގެ އަޑު އައްސަވާފައެވެ.

މި މުޒާހަރާއަކީ ލ. އަތޮޅު ރަށެއްގައި ހިނގަމުންދާ މުޒާހަރާއަކަށްވެފައި، އެތަނުގައި ތިބި ގިނަ ރައްޔިތުންނަކީ ލ. އަތޮޅަށް ނިސްބަތްވާ ރައްޔިތުންނަށް ވީހިނދު އެ މީހުންގެ ކަންބޮޑުވުންތައް އަޑުއެހުމަކީ މި މަޤާމުގައި ހުރެ އަޅުގަނޑު ކޮންމެހެން ކުރަންޖެހޭނެ ކަމެއް‘ އިސްމާއީލް ވިދާޅުވިއެވެ.

އަދި މާންދޫ މެނޭޖްމަންޓާ ވެސް އަތޮޅު ކައުންސިލްގެ ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުންތަކަށްފަހު ލާމު އަތޮޅު ކައުންސިލުން މިހާރު ވަނީ ޑިމާންޑްތައް ސަރުކާރާ ހަމައަށް ލިޔުމުން ރަސްމީކޮށް ގެންގޮސްދެއްވާފައެވެ. ނަމަވެސް އިހުތިޖާޖުގެ ބައިވެރިން ބުނަމުން ގެންދަނީ އެމީހުނަށް ދޭންޖެހޭ ފައިސާ ނުދެނިސް މާންދޫ ދޫކޮށް ނުދާނޭ ކަމަށެވެ.

މަސްވެރިންގެ ޑިމާންޑްތައް ގޮތުގައި އަތޮޅު ކައުންސިލުން ފާހަގަކުރަައްވަނީ މި ކަންކަމެވެ.

1- ހޮރައިޒަން ފިޝަރީޒަށް ކިރާ މަހުގެ ފައިސާ ލަސްވެގެން 7 ދުވަހުގެ ތެރޭގައި ލިބުން.

2- ހޮރައިޒަން ފިޝަރީޒަށް މަސްގަންނަ ރޭޓް، މިފްކޯއިން މަސްގަންނަ ރޭޓަށްވުރެ ދަށް ނުކުރުން.

3- މަސްދޯނިފަހަރަށް ބޭނުންވާ ޑީސަލް ތެޔޮ ވިއްކުން ކޮންޓްރޯލް ނުކޮށް، އެ ދޯންޏަކަށް ބޭނުންވާ ޢަދަދަށް ތެޔޮ ވިއްކުން.

4- ލ. މާންދޫން މަސްވެރީންނަށް ވިއްކާ ޑީސަލް ތެޔޮ ވިއްކާ އަގު، މިފްކޯއިން މަސްވެރީންނަށް ޑީސަލް ތެޔޮ ވިއްކާ އަގާ އެއްހަމަ ކުރުން.

5- މަސްދޯންޏަކަށް މަދުވެގެން ދުވާލަކު 2 ޓަނު އައިސް ލިބޭނެ ގޮތް ހަމަޖެއްސުން.

6- ރޭގަނޑު 12 ޖެހުމާއި ހަމައަށް މަސް ކިރޭނެގޮތް ހަމަޖެއްސުން.

7- ތާޒާފެން ލިބޭނެ 3 ސަރަހައްދެއް ކަނޑައަޅާ މަސްދޯނިފަހަރަށް ބޭނުންވާ ޢަދަދަށް ފެން ލިބޭނެ ގޮތް ހަމަޖެހުން.

8- އެއްފަހަރާ 3 ދޯންޏަށް މަސްކިރޭނެ ގޮތަށް ބަނދަރު ތައްޔާރު ކޮށްދިނުން.

9- ލ. މާންދޫ މަސްކިރާ ބަނދަރަކީ މަސްވެރީންނަށް ރައްކާތެރި ބަނދަރަކަށް ހެދުން.

10- މިފްކޯގެ މަސްކިރާ ބޯޓްތައް ލ. އަތޮޅުން މަސްގަތުމަށް ޙަރާކާތްތެރިވެވޭނެ އިންތިޒާމުހަމަޖައްސައިދިނުން

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments