ގަމު ރީޖަނަލް ހޮސްޕިޓަލް ފަރާތުން ހޮނިހިރު ދުވަހު ހެލްތު ސްކްރީނިންގ ކޭންޕެއް ބާއްވަނީ

ގަމު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓުން އިންތިޒާމު ކޮށްގެން އަންނަ ހޮނިހިރު ދުވަހު ހެެލްތު ސްކްރީނިންގ ކޭންޕެއް ބާއްވަން ނިންމައިފިއެވެ.
މި އިވެންޓަކީ ގަމު ރީޖަނަލް ހޮސްޕިޓަލާއި ގަމު ކައުންސިލް އަދި ލ.ގަން ޕޮލިސް ގުޅިގެން، ޔުނިސެފްގެ އެހީތެރިކަމާއެކު ބާއްވާ ކޭންޕެކެވެ. މި ކޭންޕް ކުރިޔަށް ދާނީ އާބާދު ސަރަހައްދު ޒުވާނުންގެ މަރުކަޒުގައި، ހަވީރު 16:15 އިން 18:00 އަށެވެ.
މި ކޭންޕުގައި ސިއްހަތާ ގުޅުންހުރި ތަފާތު ގިނަ ޓެސްޓުތަކެއް ހެދޭނެއެވެ. އޭގެތެރޭގައި، ބުލަޑްް ޕްރެޝާ، ބުލަޑްް ޝުގަރ، ބީއެމްއައި އަދި ބޮޑީފެޓް ޕަސެންޓޭޖް ބެލުން ހިމެނެއެވެ. މީގެއިތުރުންވެސް މި ކޭންޕުގައި ސިއްހަތާ ބެހޭ މައުލޫމާތު ފޯރު ކޮށްްދިނުން ހިމެނެއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން މިއަހަރު ބާއްވާ ފުރަތަމަ ކޭންޕް ކުރިޔަށް ދާނީ ކުޑަކުދިން ޝައުގުވެރިވާ އެކި އެކި ގޭމްތައް ހިމެނޭ ކުޑަކުދިންގެ ހަވީރަކާ އެކުގައެވެ.