ލ.އަތޮޅުގެ އާބާދީ އަކީ 19468، ގިނައީ ފިރިހެނުން

ލ.އަތޮޅުގެ އާބާދީއަކީ 19468 ކަމަށާއި، ގިނައީ ފިރިހެނުން ކަމަށް ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އަތޮޅު ކައުންސިލުން ވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް އަތޮޅުގެ އާބާދީ އާއްމުކޮށްފައެވެ. އެގޮތުން، މުޅި އަތޮޅަށް ބަލާއިރު ފިރިހެނުންގެ ޖުމްލަ އަދަދަކީ 9951 އެވެ. އެއީ އަތޮޅުގެ އާބާދީގެ 51.1 އިންސައްތައެވެ. އަދި އަންހެނުންގެ ޖުމްލަ އަދަދަކީ 9517 އެވެ.
ލ.އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށުގެ ތެރެއިން އެންމެ ގިނަ މީހުން ދިރިއުޅެނީ ގަމުގައެވެ. އެއީ ޖުމްލަ 5491 އެވެ. އަދި އެންމެ މީހުން މަދު ރަށަކީ މުންޑޫ އެވެ. އަތޮޅު ކައުންސިލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އެ ރަށުގެ އާބާދީ އަކީ 317 މީހުނެވެ.
ލ.އަތޮޅުގެ ރަށްރަށުގެ އާބާދީ:
އިސްދޫ – 1487
ކަލައިދޫ – 1063
ދަނބިދޫ – 1078
މާބައިދޫ – 1127
މުންޑޫ – 317
ގަން – 5491
މާވަށް – 2152
ފޮނަދޫ – 3103
މާމެންދޫ – 1367
ހިތަދޫ – 1330
ކުނަހަންދޫ – 953
ލ.އަތޮޅަކީ މިވަގުތު ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އަތޮޅެކެވެ. އަދި އެ އަތޮޅުގެ ގިނަ ބަޔަކު ވަނީ މާލެ ނުވަތަ އެހެން ސަރަހައްދުތަކަށްވެސް ދިރިއުޅުން ބަދަލުކޮށްފައެވެ.