ގަމުން އަލަށް ގޯތި ދޫކުރި ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި

ހައްދުންމަތީ ގަމުން އަލަށް ގޯތި ދޫކުރި ސަރަހައްދުތަކުގެ މަގުތައް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ތުނޑީ އުތުރުން އަލަށް ގޯތި ދޫކުރި ސަރަހައްދުތަކުގެ މަގުތައް ހެދުމުގެ މަސައްކަތް، ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ސީއެސްއާރުގެ ދަށުން އިއްޔެ ވަނީ ފަށާފައެވެ. ބައިސަން ކުންފުނިން ވަނީ އެ ސަރަހައްދުގައި އަލަށް ހަދަން ޖެހޭ ހުރިހައި މަގެއް ހެދުމުގެ މަސައްކަތް ކޮށްދޭން އެއްބަސްވެފައެވެ.

މިދިޔަ ޑިސެންބަރު މަހު ގަމުން ގޯތި ދޫކުރީ ޖުމްލަ ފަސް ސަރަހައްދަކުންނެވެ. އެއީ ތުނޑީ އުތުރު، ތުނޑީ އިރުމަތި، މަތިމަރަދޫ ހުޅަނގު، މަތިމަރަދޫ އިރުމަތި އަދި މުކުރިމަގު އިރުމައްޗެވެ.

ގަމު ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، އެ ކައުންސިލްގެ އެކްސްކަވޭޓަރ ބޭނުން ކޮށްގެން މަގު ހެދުމުގެ މަސައްކަތް މާދަމާ ފަށާނެއެވެ. އަދި ބައިސަން އާއި ގަމު ކައުންސިލާ ގުޅިގެން، ހަލުވި ސްޕީޑެއްގައި މަގު ހެދުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މައުލޫމާތު ދެއްވިއެވެ.

އަލަށް ގޯތި ދޫކުރި ސަރަހައްދުތަކުގެ މަގުތައް ހެދި، ގޯތީގެ އިން ވަކިކުރެވުމާއެކު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments