ގަމާއި ފޮނަދޫގައި 500 ހައުސިން ޔުނިޓް އަޅަނީ

ހައްދުންމަތީ ގަމާއި ފޮނަދޫގައި 500 ހައުސިން ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން ވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އުތުރާއި ދެކުނު އަދި މެދު ރާއްޖޭގެ 57 ރަށެއްގައި 12000 ހައުސިން ޔުނިޓު އަޅަން ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ހުޅުވާލައިފައެވެ. އެގޮތުން ފޮނަދުއާއި ގަމުންކުރެ ކޮންމެ ރަށެއްގައި 500 ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ހައުސިން ޔުނިޓްގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިއަދު އިއުލާނުކޮށްފައިވާއިރު، މިކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައިވަނީ 27 ފެބުރުވަރީ 2025 ގެ 00:00 އެވެ.
ހައުސިން ޔުނިޓްތައް އެޅުމާއެކު، ގަމާއި ފޮނަދުއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެއެވެ. އަދި މިކަމަކީ ރަށުގެ އާބާދީ އިތުރު ކުރުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ގަމުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދެއެވެ.
ތިކަންކަން މިސަރުކާރުން ދެން ގަމާއި ފޮނަދޫގައި ކުރިއަށް ގެންދާނެ ހެންވަރަށް ހީނުވޭ