މާބައިދޫ ކައުންސިލް މެންބަރު ހަސަން ޒަރީރު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ހައްދުންމަތީ މާބައިދޫ ކައުންސިލް މެންބަރު ހަސަން ޒަރީރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ޒަރީރު ނިޔާވެފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި މެޔަށް ތަދެއް އަރައިގެން ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ޒަރީރު ނިޔާވިއިރު ސިއްހީ ގޮތުން ބޮޑު މައްސަލައެއް ހުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް މާބައިދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ކައުންސިލް މެންބަރު ޒަރީރު އިއްޔެ ކައުންސިލުގެ މަސައްކަތަށް ނިކުމެ، މެންދުރުފަހު އޮތް ކައުންސިލް ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގެންނެވިކަމަށް މާބައިދޫ ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ.

އުމުރުން 58 އަހަރުގެ ޒަރީރު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން މުޅި ރަށަށް ވަނީ ބޮޑު ހިތާމައެއް ކުރިމަތިވެފައެވެ.

ޒަރީރުގެ ކަށުނަމާދު ކޮށްފައިވަނީ ރޭ ފަތިހު، ލ.ގަމު މަސްޖިދުލް ތައުބާގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments