ގަމު ޒިކުރާ މިސްކިތުގެ ޖާގަ އިތުރު ކުރުމަށް ގަމު ކައުންސިލާއި މާތުނޑިއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި

ހައްދުންމަތީ ގަމު މުކުރިމަގު އަވަށުގައި ހުންނަ މަސްޖިދުލް ޒިކުރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، މިސްކިތުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރުމަށް ގަމު ކައުންސިލުން މާތުނޑި ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބުދަ ދުވަހު ގަމު ކައުންސިލުގައި ކުރިޔަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު ޒަކީ އެވެ. އަދި މާތުނޑިގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖަރ، އަހުމަދު ނަބީލް އެވެ.

މާތުނޑިއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން، މިސްކިތުގެ ހުޅަނގު ފަރާތައް ބައެއް އިތުރުކުރެވޭނެއެވެ. މި މަސައްކަތް ނިންމުމުގެ މުއްދަތަކީ 45 ދުވަހެވެ.

ޒިކުރާ މިސްކިތަކީ ގަމުގައި ހުންނަ އެންމެ ޒަމާންވި އެއް މިސްކިތެވެ. މުކުރިމަގު އަވަށުގައި އިތުރު މިސްކިތެއް ނެތުމާއެކު، ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. ހާއްސަކޮށް، ރަމަޟާން މަހު ދިމާވާ ދަތިތައް ފާހަގަކުރެވެއެވެ. މި މަސައްކަތް ނިމުމާއެކު، ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments