އިސްދޫގައި އިސްފަންނާއި ލައިސަންސް ޓްރެކް ހުޅުވައިފި

ލ. އިސްދޫގައި ކައުންސިލުން ތަރައްގީކޮށްފައިވާ ”އިސްފަންނު“ ބީޗް އާއި ލައިސެންސް ޓްރެކް ހުޅުވައިފިއެވެ.
ކައުންސިލުން ތަރައްގީ ކޮށްފައިވާ އޭ ޒޯން ލައިސަންސް ޓްރެކް އަދި ”އިސްފަންނު“ ބީޗް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މިހަފުތާގައެވެ. އެގޮތުން، އޭ ޒޯން ލައިސަންސް ޓްރެކް ހުޅުވައިދެއްވީ ލ.އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްޙަފީޡު އިބްރާހިމްއެވެ. އަދި ކައުންސިލުން ތަރައްގީކޮށްފައިވާ ”އިސްފަންނު“ ހުޅުވައިދެއްވީ ލ.އަތޮޅު ކައުންސިލްގެ ރައީސް، އަލްފާޟިލް އިސްމާއީލް އަލީ އެވެ.

ލައިސަންސް ޓްރެކަކީ އިސްދުއަށް ބޭނުން ޖެހިފައިވާ މުހިންމު މަޝްރޫއެކެވެ. އަދި ”އިސްފަންނު“ އެއީ އާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ތަރައްގީ ކުރެވުނު ހިތްފަސޭހަ މަންޒިލެކެވެ.
”އިސްފަންނު“ އަދި ، އޭ ޒޯން ލައިސަންސް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ލ.އިސްދޫ ކައުންސިލްގެ މެންބަރުންނާއި، ފުލުހުންގެ އިސްވެރިން އަދި އެރަށު ރައްޔިތުންވެސް ބައިވެރިވިއެވެ.