ފޮނަދޫ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން މި މަހު 20 ގައި ބާއްވަނީ

ލާމު ފޮނަދޫ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން މި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

މި ބައްދަލަވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 20 ވަނަ ދުވަހުގެ ރޭ 20:30 ގައި މެދުއަވަށު އިޖްތިމާޢީ މަރުކަޒުގައެވެ. އެގޮތުން މި ބައްދަލުވުމުގައި މިދިޔަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތައް ރައްޔިތުންނާ ހިއްސާކުރާނެއެވެ. އަދި މިދިޔަ އަހަރުގެ މާލީބަޔާން މި ބައްދަލުވުމުގައި ރައްޔިތުންނާއި ޚިއްސާކުރުމަށް ވެސް ފޮނަދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

މީގެއިތުރުން، މި ބައްދަލުވުމުގައި މިއަހަރުގެ އަހަރީ މަސައްކަތު ތާވަލު ރައްޔިތުންނާ ހިއްސާކުރުމާއި ތަރައްޤީ ޕްލޭނަށް ގެނެވިފައިވާ ބަދަލުތަކާއިމެދު މަޝްވަރާކޮށް ޚިޔާލު ހޯދުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހަމަމިއާއެކު، މިބައްދަލުވުމުގައި މިއަހަރުގެ ބަޖެޓު ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާއިރު، ރައްޔިތުންގެ ސުވާލުތަކަށް ކައުންސިލުން ޖަވާބުވެސް ދޭނެއެވެ.

ލާމު ފޮނަދޫ ކައުންސިލުން ވަނީ މިމަހުގެ 20 ވަނަ ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެރަށުގެ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments